މިހާރުގެ ސަރުކާރަށް ކުރިމަތިވެފައިވާއެންމެބޮޑު ގޮންޖެހުމަކީ ކަރަންޓު އަގު މައްޗަށް ދިއުމުގެ ސަބަބުން އިދިކޮޅު ފަރާތްތަކުނާއި ސަޕޯޓަރުންވެސް ހިމެނޭގޮތަށް ކުރަމުންދާ މުޒާހަރާތަކާއި ގޮވާލަމުންދާ ގޮވާލުންތަކެވެ. އިދިކޮޅު ފަރާތްތަކުންވެސް މިކަން ވަރަށް ސީރިއަސް ކަމެއްގޮތުގައިނަގައިގެން އުޅޭއިރު އެކަށީގެންވާ ހައްލެއް ހުށަހަޅާތަނެއް ނުފެނެއެވެ.
މިމަހުގެ ބާރަވަނަދުވަހު ކެބިނެޓުން ނިންމިކަމަށް ހަބަރުތަކުގައިވަނީ ގެދޮރުއެޅުމުގެ މަޝްރޫއަށް ފައިސާހޯދަން ހަތަރުރަށެއް ރިސޯޓުގެ ގޮތުގައި ތަރައްގީކުރަން ހުޅުވާލިވާހަކައެވެ. މިރަށްތައް ދޫކުރުމުގެ މައިގަނޑު އެއް އުސޫލަކީ ހައުސިންފަންޑަށް އެންމެގިނަ ފައިސާދޭން ހުށަހަޅާފަރާތަކަށް އިސްކަންދިނުމުގެ އުސޫލެވެ. މިގޮތަށް ވަކިކަންތަކަށް ފައިސާހޯދުމަށް ރަށްތައް ދޫކުރުމަކީ މާހަމަޖެހޭ އުސޫލެއްގޮތުގައި ނުފެނެއެވެ.
ރާއްޖޭގައި ހިންގާ ބޭންކް ތަކަކީ އެންމެބޮޑަށް އެބޭންކްތަކުގެ ހިދުމަތަށް ބޭނުންވާ މީހުންނަށް ހިދުމަތް ނުދެވޭ ބޭންކް ތަކެކެވެ.ބުނަންމިއުޅޭ ވާހަކައަކީ ލޯނުތައް ބޭނުންންވާ އެންމެ އާދައިގެ މީހާއަށް ލޯނު ނުދޭ ބޭންކް ތަކެކެވެ. ލޯނެއް ބޭނުންނަމަ ހޯދަންޖެހޭ ގެރެންޓީދޭ މީހުންނާއި ބަހައްޓަންޖެހޭ ރަހުނުތަކުގެ ސަބަބުން ލޯނު ހޯދުން ވަނީ އުދަގޫ ކަމަކަށް ހަދާފައެވެ. މިބުނެވުނު ކަހަލަ މީހުންނަށް މައިކްރޯ ކްރެޑިޓް ސްކީމެއް ދެމެހެއްޓެނިވިގޮތެއްގައި ހިންގިދާނެބާއެވެ؟
މިދުވަސްކޮޅު މީޑިއާ އަދި މީހުންގެ ތެރޭގައި އެންމެހޫނުކޮށް ބަހުސް ކުރެވޭ ކަމަކީ މީހުންދިރިއުޅޭ ރަށްރަށުގައި ރާވިއްކުމުގެ މަގުފަހިވާގޮތަށް އިކޮނޮމިކް މިނިސްޓްރީއިން “ބަނގުރަލާއި އޫރުމަހާއި އޫރުމަހުން އުފައްދާތަކެތި ރާއްޖެއަށްގެނައުމާއި ދިވެހިރާއްޖޭގައި ގެންގުޅުމުގެ ގަވާއިދާއި ބަނގުރަލާއި އޫރުމަހާއި އޫރުމަހުން އުފައްދާތަކެތި ވިއްކާފަރާތްތަކުން އަމަލުކުރަންވީގަވާއިދު” ބަދަލުކުރުމުގެ ވާހަކައެވެ. މިހާރު ހުރިހާކަމަކަށްވެސް ވާގޮތަށް މިކަންވެސްވަނީ ސިޔާސީ ގޭމަކަށް ވެފައެވެ.
މީހުންގެ ކޭޝްކާޑު އެމީހުންނަށްނޭގި އޭޓީއެމްތަކުން ފައިސާނެގުމާއި އަދި ފިހާރަތަކުން ވިޔަފާރިކުރުމަށް ބޭނުންކުރާހަބަރު ދޭތެެރެދޭތެރެއިން އިވެމުންދެވެ. މިމަހުގެ ފަހުކޮޅު ޕޮލިހުންވަނީ މިގޮތަށް ކޭޝްކާޑުތަކުން ވައްކަންކުރަމުންދިޔަ ބޮޑު ގްރޫޕެއް ފަޅާއަރުވާލާފައެވެ. ދިވެހިން ކޭޝްކާޑާއި ކްރެޑިޓް ކާޑު ބޭނުންކުރާގޮތުންނާއި އަދި ބޭންކުންނާއި ފިހާރަތަކުން ކާޑު ބޭނުންކުރަން ހަމަޖައްސާފައި ހުންނަގޮތްތަކުން މިކަހަލަކަމެއް ވުމަކީ ދުރުގައިވާނެކަމެއްނޫންކަން ކުރީގައިވެސް އެނގެއެވެ.
ވަޒީފާއާއި ބެހޭ ގާނޫނުގެ އެންމެމަދުން މުސާރަލިބޭ މިންވަރު ކަނޑައަޅެމަށް މަގުފަހިކޮށްދީފައިވާ މާއްދާ އުވާލުމަށް މިހާރުވަނީ މަޖްލިހަށް ހުށަހަޅާފައެވެ. މިގޮތުން ހުށަހަޅާފައިވަނީ އެގާނޫނުގެ 60، 61 އަދި 62 ވަނަ މާއްދާ އުވާލުމަށެވެ. މިއިސްލާހް ހުށަހަޅާފައިވަނީ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު އިބަރާހީމް މުއްތަލިބް އެވެ.
ބައެއްފަހަރު ސަރުކާރުން ހަދާލާ ގަވާއިދަކީ ހަމަބުއްދީގައި ހުންނަމީހަކަށް ގަބޫލު ކުރަން އުދަގޫ ގަވާއިދު ތަކެކެވެ. ތަންކޮޅެއް ކުރީޒަމާނުގައި މާލެއަރަން ކުޑަސިޓީ ހައްދަން ޖެހުނެވެ. އެހެންގައުމަކަށް ދާއިރު ވިސާ ހައްދަން ޖެހޭ ގޮތަށެވެ. މިދޭތެރެއަކުން ފަށައިގެން އުޅޭ ކަމަކީ މާލޭ މުނިސިޕަލްޓީ ޚާއްސަ ދަފްތަރެއްގެ ކަންތަކެވެ. މިދަފްތަރު ވަނީ ދަންތުރައަކަށް ބަދަލުވެފައެވެ. ބޭކާރު ކަމަކަށް ވުމުގެ އިތުރުން މިކަމުގެ ސަބަބުން އެތައްބައެއްގެ ހައްގުތައް ދަނީ ގެއްލެމުންނެވެ.