Category Archives: ފުވައްމުލައް

ފުވައްމުލަކުގެ ސަތޭކަ ދުވަހުގެ ވައުދުތައް

30 ދުވަސް ފުވައްމުލަކު ސިޓީ ސްކޫލް މަގު ފުޅާކުރުމުގެ މަސައްކަތް ފެށޭނެ 90 ދުވަސް ފުވައްމުލަކު ސިޓީ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަންފެށޭނެ ފުވައްމުލަކު ސިޓީ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ފެށޭނެ

ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތް ކުރަން ކުރެވޭ މަސައްކަތް

މިލިޔުމަކީ ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ލިޔެވޭ ލިޔުމެކެވެ. މި ކަމާއި ގުޅިގެން ސަރުކާރުން އަދި އެހެން ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު މީގައި ހިމެނޭނެއެވެ. އޭޕްރީލް 2008: ގިރާ ސަރަހައްދުގައި ތޮށިލުމަށް ހަދަންޖެހޭ ޑީޓެއިލް ޑިޒައިން ސަރވޭ ފެށުމުގެ ގޮތުން މައުލޫމާތު ދިނުން. މައުލޫމާތު ދެއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ އިބުރާހިމް ނައީމު އަދި މަސައްތަކް ހަވާލު ކޮށްފައިވާ ރިއަން ޕްރައިވެޓް… Read more »

ކެޑެމޫލެފަރޮ ހިމާޔަތް ކުރަންޖެހޭ

(1) އަހަރެމެން ކުޑައިރު އިވޭ އެޑަކީ “ފަރިކެޑަހަ” މަހަށްދާ ވާހަކައެވެ. އެނގޭ ކަމަކީ އެއީ ވަރަށް ދުރުގައި ވާ ތަނެއް ކަމެވެ. އެހިސާބަށް ގޮސްފިނަމަ މަހެއް ނުބާނަ ވަރަށް ނާންނަ ކަމެވެ. އެހިސާބަށް ދާނީ (ނެރެގަނޑުން ނިކުމެގެން) އިބުރާ ކެއުޅާމެން އަހަންމަދުކަލޯމެން ކަހަލަ ވަރުގަދަ ކެޔޮޅުން ކަމަވެ. އެކަމަކު އެއީ ކިހިނެތްއޮންނަ ކޮން ކަހަލަ ތަނެއްކަމެއްވެސް އޭރަކު ނޭނގެއެވެ.

ފުވައްމުލަކު ރައްޔިތުން ފެނާއި ނަރުދަމާ ނިޒާމަށް ކުރާ އިންތިޒާރު

ސާފު ބޯފެނާއި ނަރުދަމާ ނިޒާމަކީ ފުވައްމުލަކަށް އެންމެ މުހިއްމު މަޝްރޫއު އެވެ. ރަށުގެ ފެން ނަޖިހުން ތައައްޔަރު ވެފައިވަނީ ނަޖިސް ނައްތާލާނެ ރަނގަޅު ނިޒާމެއް ނެތުމުގެ ސަބަބުންނެވެ. ފުވައްމުލަކު ރައްޔިތުން މިކަމަށް އިންތިޒާރު ކުރާތާ އެތަކެއް އަހަރު ވަނީ ވެފައެވެ. ކޮންމެ ސަރުކާރަކުންވެސް މިކަން ކޮށްދޭން ވައުދުވެއެވެ. ތިރީގައި މިވަނީ 2003 އިން ފެށިގެން މިއަދާ ހަމަޔަށް މިކަމާއި ގުޅިގެން އާއްމު ވެފައިވާ ބައެއް ޚަބަރު ތަކެވެ.

ފުވައްމުލަކި ބަހަ – ފެލާވަޅޮ 1

ރަމިއީ ފުވައްމުލަކުބަސް ދަސްކުރަން ޝައުގުވެރިވާ ފަރާތްތަކަށް ކޮންމެވެސްވަރެއްގެ އެހީއެއް ފޯރުކޮށް ދެވޭތޯ ލިޔެވޭ ލިޔުންތަކެކެވެ. މިފިލާވަޅުގައި މިހިމަނާލަނީ އާންމުކޮށް ވާހަކަދައްކާއިރު ބޭނުން ކުރާ ބައެއް ވާހަކަތަކެވެ.

މަދިރި މަދޮކެރުމުގެ މަސައްކައް ވައިއެ ހިފުއަންނަ ޖެހީގެ

ރަށިވޭން ކޮންމިމީހަކުއަސް މަދިރަކުން ސަލާމައް ވެންނަ އަތައު ނުންފަހެނާ ފާއު ހޫރާނިލާ ދުވަހަށް މޮދޮވެނެންހެން މަށަ ހީވެނީ.. އެޅެއި އަލަކަނޑަނަ ހީށަސް، ގޭ ޖޯލިއެ ޖައްސާލާފޭއޮތަސް، ބަދިގެ ކައްކަންނަ ހީށަސް، ގެހައްދަށި އެސްޓީއަށް ޖައްސަންނަ ހީށަސް މިމަދިރާމެންގެ އުނދަގުލް އެވަރަހަ ފޯރާ… މަދިރާމެންގެ ސަބަބެން ޖެހޭ ހަމައެކަނިއުނދަގުލަކީ ވޭލާ ކެޑެކެޑެން އަތައު ނުންފަހެނާ ފާއު ހޫރަންނަ ޖެހުން އެކަނެކިއައްނުން …. އޭގޭން ޖެހޭ ބަލިތެކަކީ އެންމެންނާސް އެގޭ ބަލިތެކެއު…. މިހެން… Read more »

ސިޓީ ހޮޓާ ތަރައްގީކުރަން ސަރަހައްދެއް ކަނޑަ އަޅާއިރު އިތުރަށް ވިސްނާލުން މުހިއްމު

ފުވައްމުލަކުގައި އަޅަން ހަމަޖެހިފައިވާ ސިޓީ ހޮޓަލުގެ އެގްރީމެންޓް ވަނީ، އެމަސައްކަތް ހަވާލުކުރެވުނުތާ ގާތްގަޑަކަށް ތިން އަހަރު ފަހުން ކެންސަލްކޮށްފައެވެ. އެންމެ ފަހުން ސަރުކާރުން ބުނެފައިވަނީ ސިޓީ ހޮޓާ އަލުން ބީލަމަށް ލާނެކަމަށެވެ. އަލުން ސިޓީ ހޮޓާ ތަރައްގީކުރަން ފުރުސަތު ހުޅުވާލާއިރު އިތުރަށް ވިސްނާލުމަކީ މުހިއްމު ކަމެކެވެ.

ފުވައްމުލަކި އޮޑިގަނޑި ޚާއްސަ ދަފްތަރޮ

ބައެއްފަހަރު ސަރުކާރުން ހަދާލާ ގަވާއިދަކީ ހަމަބުއްދީގައި ހުންނަމީހަކަށް ގަބޫލު ކުރަން އުދަގޫ ގަވާއިދު ތަކެކެވެ. ތަންކޮޅެއް ކުރީޒަމާނުގައި މާލެއަރަން ކުޑަސިޓީ ހައްދަން ޖެހުނެވެ. އެހެންގައުމަކަށް ދާއިރު ވިސާ ހައްދަން ޖެހޭ ގޮތަށެވެ. މިދޭތެރެއަކުން ފަށައިގެން އުޅޭ ކަމަކީ މާލޭ މުނިސިޕަލްޓީ ޚާއްސަ ދަފްތަރެއްގެ ކަންތަކެވެ. މިދަފްތަރު ވަނީ ދަންތުރައަކަށް ބަދަލުވެފައެވެ. ބޭކާރު ކަމަކަށް ވުމުގެ އިތުރުން މިކަމުގެ ސަބަބުން އެތައްބައެއްގެ ހައްގުތައް ދަނީ ގެއްލެމުންނެވެ.

ފުވައްމުލަކަށް ވައިގެމަގުން މިހާރު ކުރާ ދަތުރު – މިހާރުވެސް ރަގަޅު ކުރެވޭނެ ކަންތައްތައް އެބަހުރި

ފުވައްމުލަކުގެ އެއާޕޯޓް ހެދެންދެން ގިނަމީހުން މާލެއާއި ރަށާއި ދޭތެރޭ ދަތުތުކުރަމުން ދާނީ މިހާރުވެސް އެކަން ކުރަމުން ދާގޮތަށް ގަމުގެ މަގުންކަން ޔަގީނެވެ. ފުވައްމުލަކު ރައްޔިތުން އުންމީދު ކުރަމުންދާ އެއާޕޯޓް ހެދެން ދެން  މިމަގުން ދަތުރުކުރާ މީހުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަންތައްތަކެއް މިހާރުވެސް ކުރެވެން އެބަހުއްޓެވެ.

“ވޭލި ފައިނޭންސިން” – ތުނޑި ހިމާޔަތް ކުރަން އޮތް ހައްލެއް

ފުވައްމުލަކުގައި އިމާރާތް ކުރުމަށް ޒަމާނުއްސުރެ ބޭނުން ކުރަމުން އައީ ރަށުގެ އަތިރިމަތިން ނަގާ ވެއްޔެވެ. ކުރީގައި އެގެއަކާ ދިމާލު އަތިރިން ރާނަން ބޭނުންވާ ވެލި އުދަގޫކަމެއްނެތި ލިބެމުން ދިޔައެވެ.  މިގޮތަށް ލިބެމުންދިޔަ ސަޕްލައި ހުސްވުމުން ދެން ފެށުނީ ތުނޑީ ސަރަހައްދުން ވެލިނަގާށެވެ. ތުނޑީގެ ވެލިގަނޑު މިގޮތަށްގޮސް ހުސްވަމުންދާއިރު ތިމާވެށީގެ ގޮތުން ލިބެމުންދާ ގެއްލުމާއި އަދި ރަށުގެ ތަރިކައެއް ގެއްލެމުންދާއިރު އެކަށީގެންވާ މަސައްކަތެއް މިކަން ހައްލުކަރަން ކުރެވެމުން ނުދަނީ އެއީ ނުކުރެވޭނެ… Read more »