ރިސޯޓްތައް ކުއްޔަށްދޭ މުއްދަތު 50 އަހަރަށް އިތުރު ކުރުން
December 22, 2008 No Comments on ރިސޯޓްތައް ކުއްޔަށްދޭ މުއްދަތު 50 އަހަރަށް އިތުރު ކުރުން
ޓޫރިސްޓް ރިސޯޓް ހެދުމަށް ދޫކުރާ ރަށްރަށާއި ބިންބިން ކުއްޔަށްދޭ މުއްދަތު 25 އަހަރުން 50 އަހަރަށް އިތުރުކުރުމަށް މިހާރުވަނީ މަޖްލިހަށް ބިލެއް ހުށަހަޅާފައެވެ. މިހާރު އަމަލުކުރެވޭ ގާނޫނުގެ ދަށުންކުއްޔަށްދެވޭ 25، 35 ނުވަތަ 50 އަހަރުގެ ބަދަލުގައި ތަފާތުކުރުމެއްނެތި ހުރިހާ ރިސޯޓްތަކަށް 50 އަހަރުގެ މުއްދަތެއް ދިނުމާއި ދޭތެރޭ ފުންކޮށް ވިސްނާލަން ޖެހެއެވެ. އަދި އެކަން އެގޮތަށް ހުށަހަޅާނަމަ އެއާއި އެއްކޮށް ކުރަންޖެހޭ އެހެން ކަންތައްތައްވެސް އެބަހުއްޓެވެ.