މަދިރި މަދޮކެރުމުގެ މަސައްކައް ވައިއެ ހިފުއަންނަ ޖެހީގެ

ރަށިވޭން ކޮންމިމީހަކުއަސް މަދިރަކުން ސަލާމައް ވެންނަ އަތައު ނުންފަހެނާ ފާއު ހޫރާނިލާ ދުވަހަށް މޮދޮވެނެންހެން މަށަ ހީވެނީ.. އެޅެއި އަލަކަނޑަނަ ހީށަސް، ގޭ ޖޯލިއެ ޖައްސާލާފޭއޮތަސް، ބަދިގެ ކައްކަންނަ ހީށަސް، ގެހައްދަށި އެސްޓީއަށް ޖައްސަންނަ ހީށަސް މިމަދިރާމެންގެ އުނދަގުލް އެވަރަހަ ފޯރާ… މަދިރާމެންގެ ސަބަބެން ޖެހޭ ހަމައެކަނިއުނދަގުލަކީ ވޭލާ ކެޑެކެޑެން އަތައު ނުންފަހެނާ ފާއު ހޫރަންނަ ޖެހުން އެކަނެކިއައްނުން …. އޭގޭން ޖެހޭ ބަލިތެކަކީ އެންމެންނާސް އެގޭ ބަލިތެކެއު…. މިހެން މިކަން އޮއްކަލް މަދިރިމަދޮކެރަންނަ އެކަށީގެންވޭ މަސައްކަތައް ނިކެރަންނަހެދީ އަޖާއިބު އަންތަރީސްވޭ.

މަދިރިއަކީ އާންމުއުދަގުލެއް. އަދި ހަމަޖެހޭ ދިރީވޭނޑުމަކަހަ ހެރަހައެނޑާއެއްތެއް. އެހެންވީންމާ މަދިރިމަދޮކެރަންނަ މަސައްކަތް ކެރުމަކީ ވަރަހަ މުހިންމުކަމެއް.. އާނބުންނާ ދާރުންނާ ބެނޮއާން ވޭންނާގޮތަހަ މަދިރި ގިނެވޭންނަހަ ނިޖެހެންނެން އަފުނަސް.

މަދިރިމަދޮކެރަންނަ މަސައްކަތް ކެރާކަލް ފަށާގަންނަހަ ބައެއް ކަންތެތި ކެރަންނަ އެބަޖެހޭ..ފެރެތަމަކަމަކީ ސަރޮކާރި ކަމާބެހޭ ފަރާއްތެކެން މަދިރި މައްސަލައަކީ ވަރަހަ ސީރިއަސް މައްސަލާއްކަމަހަ ގަބޫލްކޯ އެމީހުންގެ އަމަލެން މިކަން ދެއްކުނެ. އަދި މައިސަރޮކާރި މިކަންމާބެހޭ އިދާރާތެކެއި ވޭންނާ މީހުން ރަށަހަ ގިނާހޮ ރަށިމީހުން ކެރާ މަދިރި ތަޖޮރިބާ އެމީހުނަސް ކެރުން. އެނުންފަހެނާ އެމީހުންގެ ސިޔާސަތުތެކަހަ މިކަން ވަނުން ދުރުވެންނެން..

މަދިރި އުފެދޭ ތަންތަން ދެނެގަތުމަކީއަސް ފެށުމެއް. ރަށި މިފަހަކަހަ މަދިރި ގިނަވެގެން މިވޭންނައީ ކިހިނައްވެގެންތޯ ބަލަންނަ އެބަޖެހޭ. މިކަމިއަސް އަފުންނަ މިހިދަހަ ހީވެފޭ އޮންނާ ގޮތަހަ ކޮންމިހެން ނިބަލާ މިކަމަހަ ރަންގަޅަ ދިރާސާއްކޯއެދިރާސައެން އެނގޭ ކަންތެތިތެއު މީހުންނަ ކޭދިނުމަކީ މުހިއްމުކަމައްކަމަހަ ފެނޭ. މަދިރިއުފެދޭ ތަންތަނެން މަދިރި އުފެދޭވަރޮ މަދޮކެރަންނަ ކޮންމި ގެއަކުނަސް ކެރެވީއެންނެން ކަންތެތިތެކައް ނިންމާފޭ އެކަން ހުށިހައި އެންމެންނާސް ކޭދެރެ، އަދި އެކަން ކެރުމަކީ ކޮންމިހެން ކެރަންނަޖެހޭ ކަމައްގޮތަހަ ހަމަޖެއްސުމަކީއަސް އެނެއްކަން. މަދިރިއުފެދޭ ތަންތަނެން އެބައި ކޮންޓޮރޯލް ވެގޭފަހެނާ މަދިރާމެންގެ ބޮނޑޮބައެއް ދުއްވާލެވީއެންނެން.

ރަށިއެތެރެ އާންމުތަންތަނިއަސް ދޭތެރެދޭތެރޭން މަދިރިދުން ޖެހުންމާސް މަދިރި އާބާދީ ވަރަހަބޮނޑަހަ މަދޮކެރެވިއެންނެން. މިކަމަހަ ބޭނުންވޭ ސާމާންނާއި ޓުރެއިނިން އަވަށި ކޮމެޓީތެކަހަ ދެރެގެން މިކަން ކެރެވީއެންނެންހެން މަށަ ހީވެނީ. ނުންފަހެނާ ބައެކެންނާ ވިޔަފާރި އުސޫލެން ހަވާލަސް ކެރިއަސް ކުމައްވެއްނޭ….

މިހުށިހައި ކަމަކީއަސް ދާއިމީ ގޮތަކަހަ ކެރަންނަޖެހޭ ކަންތެތި.. ހަމައެކަ ނިރައްކަލް ތެރިބަލިތެކެން ސަލާމައްވެ ތިބެންނައެކަކިނުން. ހަމަޖެހީލާން ވޭންހަސް ކެރަންނަ ޖެހޭ ކަމަކަހަސް ވެންނަ ހެދީ.. އަދި ގޭ މެދޮއްތެއަސް ވާހަކަ ދައްކަންނަ ދެފާއެއްވަޑެކި ޖަހާން ތިބެވިއެންނޭ އެކަލެކި. އަދި ޖޯލިއެ ފާ ނިލެއްވާސް އެކަލެކި އޮވެވީއެންނެންތާ.

 

Leave a Reply

Your email address will not be published. Required fields are marked *