ސާފު ބޯފެނާއި ނަރުދަމާ ނިޒާމަކީ ފުވައްމުލަކަށް އެންމެ މުހިއްމު މަޝްރޫއު އެވެ. ރަށުގެ ފެން ނަޖިހުން ތައައްޔަރު ވެފައިވަނީ ނަޖިސް ނައްތާލާނެ ރަނގަޅު ނިޒާމެއް ނެތުމުގެ ސަބަބުންނެވެ. ފުވައްމުލަކު ރައްޔިތުން މިކަމަށް އިންތިޒާރު ކުރާތާ އެތަކެއް އަހަރު ވަނީ ވެފައެވެ. ކޮންމެ ސަރުކާރަކުންވެސް މިކަން ކޮށްދޭން ވައުދުވެއެވެ. ތިރީގައި މިވަނީ 2003 އިން ފެށިގެން މިއަދާ ހަމަޔަށް މިކަމާއި ގުޅިގެން އާއްމު ވެފައިވާ ބައެއް ޚަބަރު ތަކެވެ.
2003 – ދިވެހި ސަރުކާރާއި އައިޑީބީގެ ލޯން އެހީގައި ފުވައްމުލަކުގައި ނަރުދަމާ ނިޒާމެއް ގާއިމު ކުރުމަށް ހަމަޖެހުން
2003 – ފުވައްމުލަކުގައި ނަރުދަމާގެ ނިޒާމެއް ގާއިމުކުރުމަށް ޕާކިސްތާނުގެ ކުންފުންޏަކުން 2003 ސާވޭތަކެއް ކުރުން
25 ފެބްރުއަރީ 2007 – ފުވައްމުލަކުގައި ނަރުދަމާގެ ނިޒާމެއް ގާއިމުކުރުމަށް ސާވޭކޮށްފި
24 ޖުލައި 2008 – ފުވައްމުލަކުގައި ބޯފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ޑިޓެއިލް ޑިޒައިން ހަދަން ފަށައިފި
23 އެޕްރީލް 2009 -ފުވައްމުލަކުގައި ސާފު ބޯ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއު ހިންގުވުމުގެ ލައިސަންސް އެމް ޑަބްލިޔު އެސްސީއަށް ދިނުން
14 މާޗް 2010 – ދެކުނު ޕްރޮވިންސުގެ ފެނާއި ނަރުދަމާ މަޝްރޫއުގައި މި މަހު ސޮއިކުރެވޭނެކަމަށް ސަދަން ޔޫޓީލިޓީސްއިން ބުނުން
23 މާޗް 2010 – ދެކުނު ޕްރޮވިންސުގެ ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށް ދޭނީ އެމްޑަބްލިއުއެސްސީންކަމަށް އެކުންފުނިން ބުނުން
29 މާޗް 2010 – ދެކުނު ޕްރޮވިންސަށް ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް އިނގިރޭސިވިލާތުގެ ކުންފުންޏަކާ އެކު ސޮއިކޮށްފި
31 މާޗް 2011 – އައްޑު އާއި ފުވައްމުލަކުގެ ޕްރޮޖެކްޓްތައް މުއްދަތަށް ނުނިމިއްޖެ ނަމަ އެހެން ބަޔަކާ ހަވާލުކުރާނެކަމަށް ހައުސިން މިނިސްޓްރީ އިން ބުނުން
27 މާޗް 2012 – އައްޑު އާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާ އަދި މަގު ހެދުމުގެ އަމަލީ މަސައްކަތް ޖުލައި މަހު ފެށޭނެ: ސަދަން ޔުޓިލިޓީސް
20 އޯގަސްޓް 2013 – ފުވައްމުލަކު ނަރުދަމާ ނިޒާމުގެ އެގްރީމަންޓުގައި އޮކްޓޫބަރު މަހު ސޮއިކުރެވޭ ވަރުވާނެ: ރައީސް
4 ނޮވެމްބަރު 2013 – ފުވައްމުލަކުގެ ފެނާއި ނަރުދަމާ ގާއިމުކުރަން 11 މިލިއަން ޑޮލަރުގެ ލޯން ފާސްކޮށްފި
26 ނޮވެމްބަރު 2013 – ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ލޯނަށް މަޖިލީހުން ހުއްދަ ދީފި
28 ޖެނުއަރީ 2014 – ފުވައްމުލަކުގައި ފެނާއި ނަރުދަމާ ގާއިމްކުރަން ކުވެއިތު ފަންޑުން ލޯނު ދީފި
3 ފެބްރުއަރީ 2015 – ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ޑިޒައިނިންގެ މަސައްކަތް ރިޔަން ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކުރުން
5 މޭ 2016 – ފުވަމުލަކުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް 285 މިލިއަން ރުފިޔާއަށް ސްރީލަންކާގެ ކުންފުންޏަކާ ހަވާލުކުރުން. އަމަލީ މަސައްކަތް ފަށާތާ 21 މަސް ތެރޭ ނިންމާގޮތަށް. ކުންފުނިން ބީލަން ކާމިޔާބު ކުރީ އެންމެ ކުޑަ އަގެއް ހުށަހަޅައިގެން.
10 އޮކްޓޫބަރު 2016: ފުވައްމުލަކު ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް އިފްތިތާހުކުރުން. މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭ ވަރުވާނެ.