މީއަފުންގެ ބައްޕާ މަށަ ކޭދިން ވާހަކައެއް. ”އަފުން ކީލަކަރާށަ ބެހީންގޭކަލް ‘ދެރިޔާމާނު‘ (އައްޑޫ އަފީފުމެން ވެޑި) އޯތީ ކޮޗިންއެ. ހީވެނީ އޭ 1961 ހިސާބިހެން. އެމީހުން މާލެ ފުރަންނަ ވީކަލަހަ އޯތީ ސުވަލްދީބު ދެވަނަ ގަޑޮބަޑޮ (އާންމުކޮހޮ ކޭނގޮތެން ދެވަނަ ބަޢާވާއް) ފެށީފޭ. ދެން އެމީހުންނަ އަނގޮއާފިއްޔަ ތިމީހުން މާލެ ނިވަންނަހަކޭ، ވެނދެގޭފަހެނާ ހައްޔަރޮ ކެރަންނެނައެ.
”މާލިމީއަކުށަ ހީށީ އައްބެއްޔާގެ ބޭބޭ. އެމީހުން ބޭރެން ބޭރެން އާހޮ މާލެ ކަވެރިނިކޯ ގޭއީ ލާމު އަތެޅެ ހިސާބަހަ. ދެން ވެޑިއެން ފެންހުސްވެންނަ ކަވެރިވެފޭ ހީށުންމާ އެމީހުން ލާމު އަތެޅެ ވެނދެގެން ގޮހޮ މާމެންދޫހާ ގާއްކެރީ. އެކަލް އެރައްރަށި މީހުންނަ އަނގޮއާފޭ އޯތީ ދެކުނެ ވެޑިއަށްގޭފަހެނާ ހައްޔަރޮ ކެރަންނަކޭ.
”ދެން ބައްތެލިއަކުން މީހުން އާހޮ ވެޑިހާ އަރަންނަ ދިމާކޯގައްތަ. އެކަލް ވެޑިއެތިބި އަފީފުމެންގޭ ސޮޑާ ހަދަންނަ ގިނޭ ވައިފިޅި. އައްބެއްޔާގެ ބޭބޭ ބެނެފި އަވަހަށަ ފިޅި ނަރޮނަހަކޭ. އޭ ނެރެފޭ ވެޑިއެ ބޯރިދޫ މައްތެ ޖައްސާފޭ ބައްތެލިއާ ދިމާކޯފޭ އަޑޮލަވާގައްތަ ވަގުތެ ގޮއްވާލަންނާވެ. އެމީހުންނަ ނިކެރުން ގާއްކެރަންނަކާއް. ދެން ވެޑިއެ ބޮއްކޮރާ ބާން ވަރޮގަދަ ފަހެއްތަކަށްވެރިން ރަށަހަ އެރީ ފެން އަރޮއާން ފުރާފިއްޔަ.
މަށަ މިވާހަކަ ކޭދީނީ އައްބެއްޔާގެ ބޭބޭ.”
މާމެންދޫ: ވައިފުޅި ދެކެ ބިރު ގަންނަ ގުރޫޕު އުތަ؟