(1) މީ ރަށަހަ ފެރެތަމާށަ ގިނެގޭ ވޯކީޓޯކީއާ ބެހޭ ގޮތެން އަފުންގެ ބައްޕާ ކޭދިން ވާހަކަ.
(2) ނަޖީބުއަކީ މާޔާ ވަރަހަ ގާއް ރައްޓެހި މީހެއް. އެއްދުވަހި ނަޖީބު ފިނިވާމަގެން ބައިސްކަލަކުން އެމުން އަފުންގެ ކުރިމައްތެ މަޑޮކޯފޭ މަށަ އޯލާލި. ނުކުތުންމާ ކޭފި ތިމާމިއެނީ ގައްދޫއާ ވާހަކަ ދައްކައްނާވެ. ނަޖީބޮ ކޮނޑެ އެޑޮއާފޭއޮއް ކުދު ފޭށެއް. ނަޖީބުކޭފި ތިމާއެރެންނޭ ގެއްމިސްކިއް ފައްނެނައެ.
(3) ދެން މާސް ކޮށީމަގެން ގޮހޮ ގެއްމިސްކިއް ފައްނޮއާ ހަމަވީކަލް ނަޖީބު އަތިރަހަ އެރީން ގޮހޮ ގޮހޮ ހީށީ. މަގޭއީ ހިނގާފޭއާ ދުވެފޭއާ. ނަޖީބު ބެނުންމާ މިއެނީ ގައްދޫއާ ވާހަކަ ދައްކައްނާވެ. އެހެންވެ މިކަން ބަލަންނަ ކޮއްމިހެނަސް ގޭއީ. އައްޔަނި ޒިޔާރައްތާ ހަމަވީއްމާ ނަޖީބު އެއްކަލައޭ ނަގާގައް. ދެން އޭރިއާ ދަމާލި. ގަޑިބަލާން ހިށެފޭ ޓޯކީ ހުޅުއާލި. ހުޅުއާފޭ ވޭލާ ކެޑައްކޯފޭ އޯލަންނަ ފަށާގައް. “ހަލޯ ގައްދޫ، ހަލޯ ގައްދޫ، ހަލޯގައްދޫ، އޯވާ.” ދެން ގައްދޫން ކޭފި “ސާފުކޮހޮލިބޭ ސާފުކޮހޮލިބޭ.” ދެން އެންމޭ ތިބިޔަ ވަރަހަ އަޖާއިބު ވެގޮހޮ. އެކަލް ރަށި ވޯކީޓޯކީ ގިނެވޭނޑޫނީ ނަޖީބުއާ ކޭހިނގޭ އިބްރާހިމް ދީދީ އާ.