ރައީސު ޔާމީނަށް ރާއްޖެތެރޭ މީހުން ވޯޓުދޭންޖެހޭ ބައެއް ސަބަބުތައް

(1) ރާއްޖެތެރޭ ރަށްރަށުގައި އަޅަން ޕްލޭނުކޮށްފައިހުރި ފުލެޓުތަކުން ބައެއް ހުޅުމާލެއަށް ބަދަލުކުރުން

(2) ހުޅުމާލޭގައި ފުލެޓުއަޅާ ރާއްޖެތެރޭގިނަބަޔަކު އެތަނަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅުން

(3) މާލެއާއި ހުޅުމާލެ ގުޅުވާލުމަށް ބްރިޖު އެޅުން

(4) ސިއްހީ ހިދުމަތް މާލޭގައި ރަނަގަޅު ކުރުމަށް އައިޖީއެމްޗްގެ 25 ބުރީގެ އާއިމާރަތެއް އެޅުމަށް 2.2 ބިލިއަން ރުފިޔާއަށް ބިޑަކާނުލާ ބަޔަކާ ހަވާލުކުރުން

(5) މާލޭސިޓީގެ ސިއްހީ ހިދުމަތް ރަނގަޅުކުރުމަށް ހުޅުމާލޭ ހޮސްޕިޓަލް ހިންގުން އާސަންދައާއި ހަވާލުކުރުން

(6) މާލޭގައި އުޅޭމީހުން ހިތްހަމަޖައްސާލުމަށް ރަސްފަންނު ބީޗް ހެދުން

(7) ހުޅުމާލޭ ރައްޔިތުން އުފާކުރުމަށް ސެންޓަރަލް ޕާކު ހެދުން

Male' Projects

(8) މާލެ ރީތިކުރުމަށް ތިންރުއްޕާކު ހެދުން

(9) އިއްޒަތްތެރިން އަރާފައިބަން މާލޭ ރަސްމީފާލަން ތަޅާލުމަށްފަހު އަލުން ހެދުން

(10) މާލޭގައި އުޅޭމީހުން ހިތްހަމަ ޖައްސާލުމަށް ރައިވެރިބޭ މައިޒާން ހެދުން

(11) ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން ތަޅާލުމަށް ފަހު މިއުޒިކީ ފައްވާރެއް ހެދުން

(12) މާލޭ ފަޅުން ބައެއް ހިއްކާ އިންޑަސްޓްރިއަލް ޒޯނެއް ހެދުން

(13) ސަލްޓަންޕާކުގައި ލެޑު ޕާކެއް ހެދުން

(14) ސްނޯ ފައިބާތަނަކާއި އިގުލޫއެއް ހިމެނޭގޮތަށް ސަލްޓަންޕާކު ތަރައްގީކުރުން

(15) މިނިވަން ފަންސާހަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށް މާލެ ޒީނަތްތެރިކުރުން

(16) ރާއްޖެތެރޭ ފަޅުރަށްތަކާއި ފަޅުތައް ވިއްކާލުމަށް މަގުފަހިކުރުން

މިއީ ވޯޓެދޭންޖެހޭ ސަބަބުތަކުގެ ތެރެއިން މަދު ބައެކެވެ. މާލޭ ސިޓީތަރައްގީކުރަން ބިލިއަނުން ހަރަދުކުރަމުންދާއިރު ރައީސު ޔާމީނަށް އަހަރެމެން ރާއްޖެތެރޭ މީހުން ވޯޓުދިނުން ކިހާ އައުލާކަން ބޮޑުތޯއެވެ. އަހަރެެމެންނަށް އަސާސީ ހިދުމަތްތަތް ފުރިހަމަޔަށް ނުލިބުނަސް މާލޭ ސިޓީ ތަރައްގީކުރަންޏާ އެއޮތީ #ރަނގަޅު ވެފައި ނޫންހެއްޔެވެ.

Leave a Reply

Your email address will not be published.