މިހާރުގެ ސަރުކާރަށް ކުރިމަތިވެފައިވާއެންމެބޮޑު ގޮންޖެހުމަކީ ކަރަންޓު އަގު މައްޗަށް ދިއުމުގެ ސަބަބުން އިދިކޮޅު ފަރާތްތަކުނާއި ސަޕޯޓަރުންވެސް ހިމެނޭގޮތަށް ކުރަމުންދާ މުޒާހަރާތަކާއި ގޮވާލަމުންދާ ގޮވާލުންތަކެވެ. އިދިކޮޅު ފަރާތްތަކުންވެސް މިކަން ވަރަށް ސީރިއަސް ކަމެއްގޮތުގައިނަގައިގެން އުޅޭއިރު އެކަށީގެންވާ ހައްލެއް ހުށަހަޅާތަނެއް ނުފެނެއެވެ.
ކަރަންޓުގެ ވާހަކަ ދައްކާއިރުސްޓެލްކޯގެ ތާރީހައް ބަލާނުލާ ކުރިއަށް ނުދެވޭނެއެވެ. ކުންފުނީގެ ހިސާބުތައް ދައްކާގޮތުން 2005 އާއި ހަމަޔަށް ކުންފުންޏަށް ވަމުންއައީ ފައިދާއެވެ. އޭގެފަހުން ވަނީ ގެއްލުންވާންފަށާފައެވެ. އޯޑިޓް ރިޕޯޓްގައިވާގޮތުން އެކަށީގެންވާ ރިޒާވެއް ނުބަހައްޓާ (ފައިދާގެބޮޑުބައެއް ސަރުކާރަށް ނެގުމުގެ ސަބަބުން) ކުރަރަންޖެހޭ ކެޕިޓަލް ހަރަދުކުރުމުގެ ސަބަބުން ކުންފުނިވަނީ ދަރަނިވެރިވެފައެވެ.
ދެހާސްއަށެއްގެ ނިޔަލަށް ބިލިއަނެއްހާރުފިޔާއިން ދަރަނިވެރިވެފައިވާކަމަށް ދައްކައެވެ. ބަޖެޓުން ދުއިސައްތަ މިލިއަނަށްވުރެ ގިނަރުފިޔާ ލިބުނުކަމުގައިވިޔަސް ކުންފުނި އަމިއްލަ ފައިމައްޗަށް ތެދުވެވޭގޮތްވަނީ ނުވެފައެވެ. މިކަމަށް އިތުރަށް އުނދަގޫވީ ތެލުގެ އަގު މައްޗަށް ދިއުމާއި ކުންފުނީގައި ހިނގަމުންދިޔަ ކޮރަޕްޝަންކަމުގައި ބެލެވެއެވެ. އޭރުގެ ސަރުކާރުންވެސް ސްޓެލްކޯ ހިންގުމަށް ކަރަންޓު އަގުބޮޑުކުރުންނޫންގޮތެއް ނެތްކަމުގައި ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ރަށްތަކަށް ކަރަންޓުދެމުންދިޔައިރު މާލެއިން ބޭރު ރަށްތަކުގައި ނަގަމުންދިޔައީ މާލެއަށްވުރެ އެތައްގުނައެއް ބޮޑުރޭޓެއްކަންވެސް ފާހަގަކޮށްލަންޖެހެއެވެ. އަދި މާލޭގެ ރޭޓްތަށް ކުޑަކުރަމުންދިޔައީ އެހެންރަށްތަކުގެ ރޭޓްތަކަށް އެކަށީގެންވާބަދަލެއް ނުގެނެސްކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
<pމިހާތަނަށް އެގޭއެއްޗަކީ ކަރަންޓުއަގު ކުރީގައިހުރިވަރުގައި ހުރެގެން ކުންފުނިތަކަށް އަމިއްލަ ފައިމައްޗަށް ނުތެދުވެވޭނެކަމެވެ. އަދި ދެމެހެއްޓެނިވިގޮތެއްގައި ކަރަންޓުދެވެން ނެތްކަމަވެ. އޮތީދެހައްލެވެ. ކަރަންޓުއަގުބޮޑުކުރުމެވެ. ނުވަތަ ކުންފުންޏަށްވާގެއްލުން ދައުލަތުގެ އާމްދަނީއިން ފޫބެއްދުމެވެ. ރަގަޅީކޮންގޮތެއްބާއެވެ.
ކަރަންޓު ކުންފުންޏަށް ދެކޮޅުނުޖެހޭބައި ދައުލަތުގެ އާމްދަނީއިން ފޫބެއްދުން ނުވަތަ ސަބްސިޑައިޒް ކުރުމަކީ އެންމެ އިންސާފުވެރިގޮތެއް ނޫނެވެ. އެގޮތަށް ހެދުމުން ތަނަވަސްމީހަކާ ނުތަނަވަސްމީހަކާދޭތެރޭ ކުރެވޭ ތަފާތުކުޑަވެއެވެ. މިގައުމުގައި ތަނަވަސްކަންކުޑަ މީހުން މުއްސަދިންގެދިރިއުޅުން ސަބްސިޑައިޒްކުރާތާ މިހާރު މާދުވަސް ވެއްޖެއެވެ. މިގޮތަށް ހެދުމުން އެހީ ލިބެންނުޖެހޭވަރުގެ ތަނަވަސްމީހުންނަށްވެސް އެހީދެވެނީއެވެ. ދައުލަތުގެ އާމްދަނީ އޭގެ އެންމެފުރިހަމަގޮތުގައި ބޭނުންކުރެވޭގޮތް ނުވަނީއެވެ.
<pދެވަނަގޮތަކީ އިންޖީނުގެއަށް ފައިދާވަވަރަށް އަގުމަތިކުރުމެވެ. މިހާރުހަދައިގެންމިއުޅޭގޮތަށެވެ. މިގޮތަށް ހެދުމުން ފުދުންތެރިކަންކުޑަ އާއިލާތަކަށް ބިލްދައްކަން އުނދަގޫވާނެއެވެ. މީގެ ހައްލަކީ ބިލްދައްކަން އުނދަގޫވާފަރާތްތަކަށް ސީދާ އެހީދިނުމެވެ. . ދެންސުވާލަކީ މިއެހީހޯދަންޖެހޭގޮތަކީ ކޮންގޮތެއްތޯއެވެ.
ރާއްޖެއަކީ އެއްއިރެއްގައިވެސް ރައްޔިތުންގެ މާލީހާލަތު ދަނެގަނެވޭނެ ސާވޭތަކާއި ދިރާސާތަކެއް ހަދަމުންދާ ގައުމެއްނޫނެވެ. އެހެންކަމުން މިގޮތުން އެހީލިބޭނެބައެއް ކަނޑައެޅުމަކީ އުނދަގޫކަމަކަށްވާނެކަން ޔަގީނެވެ. މިހާރުދިމާވެގެންއުޅޭމައްސަލައިގެ ބޮޑުބަޔަކީ މިއީއެވެ.
އެހީލިބޭފަރާތްތަކަކީ އާދައިގެ ތަނަވަސްކަންނެތްމީހުންނަށް ވީހިނދު، މިއެހީހޯދުމުގެ މަގު ފަސޭހަވާންޖެހޭނެއެވެ. ފުރަންޖެހޭފޯމުތަކާއި ދާންޖެހޭ އޮފީސްތައް ގިނަނަމަ، އެމީހުންނަށް މީގެ ފައިދާހޯދަން އުނދަގޫވާނެއެވެ. މީގައި ރަގަޅީ ކަމާބެހޭފަރާތްތަކުން ގޭގެއަށް ޒިޔާރަތްކޮށް މައުލޫމާތު ސާފުކޮށް އެހީލެބެންޖެހޭ ގޭގެއަށް އެކަން ތަނަވަސްކޮށްދިނުމެވެ. ފުރަންޖެހޭފޯމުތަށް ފުރައިދިނުމުވެ. އިދާރީގޮތުންކުރަންޖެހޭ ކަންތައްތައް ކޮށްދިނުމެވެ.
މިފަހަރު ކަރަންޓުގެ މައްސަލަވެސް މިހާ މައްޗަށްދިޔައީ އެހީލިބެންވާ ފަރާތްތަކަށް އެހީ ހޯދަން އުނދަގޫވުން ކަމުގައި ވެދާނެއެވެ. ވަގުތުނަގައިގެން އެހީލިބެންޖެހޭފަރާތްތައް ބެލުމަށްފަހު ކަރަންޓުގެ އަގު މައްޗަށް ޖެއްސިނަމަ މިހުރިހާ ހައިޖާނަކާ ކުރިމަތިލާން ނުޖެހުނީސްކަން ޔަގީނެވެ. އަގު މައްޗަށް ޖެއްސުމުގެ ކުރިން ކުރަންޖެހޭ ކަންތައްތައް އެކަށީގެންވާގޮތެއްގައި ނުކުރެވުމުގެ ސަބަބުން މިއޮތީ އެވިދާޅުވާހެން “ފައިން އެރިފަ” އެވެ.
(ފުދުންތެރިކަން ނެތްމީހުނަށް އަބަދުހެން ކޮންމެކަމަކަށް ސަބްސިޑީދިނުން ވާންޖެހޭނީ ވަގުތީ ހައްލަކަށެވެ. މީގައިވިސްނަންވީ އެފަދަމީހުންނަށް އާމްދަނީއިތުރުކުރެވޭނެ މަގުފަހިކޮށްދީ، ދިރިއުޅުމުގެ ފެންވަރު މަތިކޮށްދިނުމެވެ. އަދި ސަބްސިޑީތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ.)