ގުއަންޓާނަމޯބޭޖަލުން މުސްލިމުން މިނިވަންކުރުން – މުހިންމުކަމެއްނޫންބާ؟

މިދުވަސްކޮޅު ގުއަންޓާނަމޯބޭއިން ބަޔަކު ރާއްޖެ ގެނައުމުގެ މައްސަލަވަނީ ސިޔާސީ ފަރާތްތަކުން އެންމެ ހޫނުކޮށް ބަހުސްކުރެވޭ އެއްކަމަކަށް ވެފައެވެ. ނިކަމެތި މުސްލިމަކަށް އެހީވުމަކީ ކުރުން ރަގަޅުނޫންކަމެއްގޮތަށް ހަދަން ކުރަމުންދާ މަސައްކަތް ވަރަށްވެސް ފުޅާފެފައި ބޮޑެވެ.

އިދިކޮޅު ފަރާތްތަކާއި މީޑިއާތަކުން ވާހަކަ ދައްކަނީ ގުއަންޓާނަމޯބޭއިން ޓެރަރިސްޓުން ރާއްޖެގެންނަވާހަކައެވެ. ކުށެއްނެތްބައެއްގެ ބޮލުގައިޓެރަރިޒަމްގެއިލްޒާމު އެޅުވުމަކީ ފުރަތަމަވެސް ގޯހެކެވެ.   ގުއަންޓާނަމޯބޭގައި މުސްލިމުންނަށް ކުރަމުންދިޔަ އަނިޔާތަކާއި ކުށެއްނެތްމީހުން ބަންދުކުރެވިފައިވާ ކުރެވުމަށް ފާޑުކިޔަމުންއާ ފަރާތްތަކުން މިހާރު އެމީހުން ލޭބަލް މިކުރަންފެށީ ޓެރަރިސްޓުންގެ ގޮތުގައެވެ. އިހްލާސްތެރިކަމެއް ނެތްކަން މިކަމުންވެސް މިއޮތީ ފެންނާށެވެ.

 އިޒްރޭލާއެކު ރަސްމީވާހަކަތަކެއް ދެއްކުމުން އިދިކޮޅުފަރާތްތަކުން މިސަރުކާރުން މުސްލިމުންގެ އިހްސާސްތަކަށް ގޮންޖަހާ ވާހަކަ ދެއްކިފަރާތްތަކުން މިފަހަރުމިވާހަކަދައްކަނީ މުސްލިމުންނަށް ހެޔޮއެދިގެންބާއެވެ.

މިޖަލުން މީހުންގެނައުމުގެ ބަދަލުގައި އެހެންގައުމުތަކުގެ މުސްލިމުންނަށް ނުވަތަ ރާއްޖޭގައިތިބި ނިކަމެތިންނަށް އެހީވުންމާރަގަޅުކަމަށްވެސް ބައެއްފަރާތްތަކުން އަޑުގަދަކުރަމުން ދެއެވެ. މިހެންމިބުނަނީ ސަރުކާރުންމިކަންކުރާތީ ދެކޮޅުހެދުމުގެ ގޮތުން އެއްޗެހިތަކެއް ކިޔުމުގެގޮތުން ކަމުގައި ފެނެއެވެ. ދެމީހަކު މިގައުމަށް ގެނައުމުގެ ސަބަބުން ދިވެހިރައްޔިތުންނަށް ސަރުކާރުން ކޮށްދޭންޖެހޭ ކަންތައްތަކަށް ބުރޫ އަރާނެހެނެއް ހިއެއްނުވެއެވެ. ފަލަސްތީނު ނުވަތަ އަފްއާނިސްތާނުގައި އުޅޭ ފަގީރުންނަށް އެހީވުންމާރަގަޅު ކަމަކަށް ބުނާ މީހުންނަށް ބުނެލަންއޮތީ ކުށެއްނެތި އަނިޔާވެރިޖަލެއްގައިބަންދުކޮށްފައިތިބި ބަޔަކު މިނިވަންކުރުމަށް އެހީތެރިވުމަކީ ވަކިންކުޑަކަމެއްނޫނެވެ. ފަހަރެއްގައި މިނިވަންކަންއެއީ މާމުހިންމުކަމެއްގޮތުގައި ގަބޫލްނުކުރާބަޔަކަށް މިކަން އެހާ މުހިންމުނުވެދާނެއެވެ.

ނުބެހޭކަމެއްގެ ތެރެއަށް ބޯކޮއްޕާލާވާހަކަވެސް ބައެއްމީހުންދައްކައެވެ. ކުށެއްނެތްމުސްލިމުންގެބަޔަކަށް މިނިވަންކަން ލިބެންއޮތް ކަމެއްގެ ތެރެއަށް ދިވިހިންބޯނުކޮއްޕާދޫކޮށްލުމަކީ އަހަރެމެންގެ ޒިންމާއަކުން ރެކުންކަހަލަ ކަމެކެވެ. އަހަރެމެން ގައުމެއްގޮތުގައި އޮންނަންވީކީ އަހަރެމެންގެސަގާފަތާއި އުސޫލްތައް އެއްފަރާތްކޮށް ހަމައެކަނި ފަތުރުވެރިކަމުގެ ފައިދާހޯދާކަށް ނޫނެވެ.

 އެއްވެސް ކުށެއްނެތި ޖަލެއްގައިބަންދުކޮށްފައިތިބި މުސްލިމުންނަށް މިނިވަންކަން ލިބެންއޮތް އިރެއްގައި ސައްތައިންސައްތަ މުސްލިމް ގައުމެއްކަމުގައި ދައުވާކުރާ ގައުމަކުން އެހީ ނުވުމަކީ ގަބޫލްކުރެވޭނޭ ކަމެއްނޫނެވެ. ކޮންމެކަމެއްވެސް ސިޔާސީކޮށްލައިގެން ވަކިޕާޓީއަކަށްނިސްބަތްވާ ސަރުކާރަކުން ކުރާކަމަކަށްވާތީ އެކަމާ ދެކޮޅުހެދުމަކީ ޒިންމާދާރުކުޑަ އަމަލެކެވެ.  ރާއްޖެޒިޔާރަތްކުރާ ފަތުރުވެރިންގެ ބަޔަކު ހިތަށް އަރާފާނޭއެއްޗެކޭކިޔާ މިކަމަށް ހުރަސްއެޅުމަކީ އަހަރެމެންގެ ދީނުގެ ރިވެތިއާދަތަކާވެސް ފުށުއަރާނޭ ކަމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *