“ވޭލި ފައިނޭންސިން” – ތުނޑި ހިމާޔަތް ކުރަން އޮތް ހައްލެއް

ފުވައްމުލަކުގައި އިމާރާތް ކުރުމަށް ޒަމާނުއްސުރެ ބޭނުން ކުރަމުން އައީ ރަށުގެ އަތިރިމަތިން ނަގާ ވެއްޔެވެ. ކުރީގައި އެގެއަކާ ދިމާލު އަތިރިން ރާނަން ބޭނުންވާ ވެލި އުދަގޫކަމެއްނެތި ލިބެމުން ދިޔައެވެ.  މިގޮތަށް ލިބެމުންދިޔަ ސަޕްލައި ހުސްވުމުން ދެން ފެށުނީ ތުނޑީ ސަރަހައްދުން ވެލިނަގާށެވެ. ތުނޑީގެ ވެލިގަނޑު މިގޮތަށްގޮސް ހުސްވަމުންދާއިރު ތިމާވެށީގެ ގޮތުން ލިބެމުންދާ ގެއްލުމާއި އަދި ރަށުގެ ތަރިކައެއް ގެއްލެމުންދާއިރު އެކަށީގެންވާ މަސައްކަތެއް މިކަން ހައްލުކަރަން ކުރެވެމުން ނުދަނީ އެއީ ނުކުރެވޭނެ ކަމަކަށް ވާތީހެއްޔެވެ؟  ނުވަތަ މިއީ ރަށްގިރުންފަދަ އެހެން ގިނަކަންތަކާވެސް އަޅާނުލާ ދޫކޮށްލެވޭ އުސޫލުން ދާ ކަމަކީ ހެއްޔެވެ؟

ފުވައްމުލަކުގައި އިމާރާތް ކުރުމަށް ޒަމާނުއްސުރެ ބޭނުން ކުރަމުން އައީ ރަށުގެ އަތިރިމަތިން ނަގާ ވެއްޔެވެ. ކުރީގައި އެގެއަކާ ދިމާލު އަތިރިމަތިން ރާނަން ބޭނުންވާ ވެލި ބޭނުންވާވަރަށް ލިބެމުން ދިޔައެވެ.  މިގޮތަށް ލިބެމުންދިޔަ ސަޕްލައި ހުސްވުމުން ދެން ފެށުނީ ތުނޑީ ސަރަހައްދުން ވެލިނަގާށެވެ. ތުނޑީގެ ވެލިގަނޑު މިގޮތަށްގޮސް ހުސްވަމުންދާއިރު ތިމާވެށީގެ ގޮތުން ލިބެމުންދާ ގެއްލުމާއި އަދި ރަށުގެ ތަރިކައެއް ގެއްލެމުންދާއިރު އެކަށީގެންވާ މަސައްކަތެއް މިކަން ހައްލުކަރަން ކުރެވެމުން ނުދަނީ އެއީ ނުކުރެވޭނެ ކަމަކަށް ވާތީހެއްޔެވެ؟  ނުވަތަ މިއީ ރަށްގިރުންފަދަ އެހެން ގިނަކަންތަކާވެސް އަޅާނުލާ ދޫކޮށްލެވޭ އުސޫލުން ދާ ކަމަކީ ހެއްޔެވެ؟

އިމާރަތްކުރުމުގެ އަގު ބޮޑުވަމުންދާ ދުވަސްވަރެއްގައި އަގުހެޔޮކޮށް ނުވަތަ ހިލޭލިބޭ އެއްޗެއް އެގޮތަށް ހޯދުމަށް (ޚާއްސަކޮށް އެކަށީގެންވާ މުސާރައެއް ގިނަމީހުންނަށް ނުލިބޭ އިރު)  ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. މިގޮތުން މިހާރު މިއޮތްގޮތަށް އޮވެގެން ތުނޑިންލިބޭ ވެލި ނެގުމަށް ހުއްޓުމެއް އަންނާނެކަމަކަށް ނުފެނެއެވެ. އަގުހެޔޮކޮށް ބޭރުން ގެންނަ ވެލި ލިބެން ހުއްޓަސް ތުނޑިން ވެލިނެގުން މަނާ ނުކުރާހާ ހިނދަކު ވެލިނެގުން ހުއްޓޭނެކަމަށް ގަބޫލެއް ނުކުރެއެވެ. އެހެންކަމުން ތުނޑިންވެލި  ނެގުން މަނާކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. މިއާއިއެކު އިމާރާތްކުރުމަށް ވެލި ލިބޭނެ އެހެންމަގެއް  ހޯދައިދޭން އެބަޖެހެއެވެ.

ބައެއް ފަރާތްތަކުން ދެކޭގޮތުގައި ބޭރުން އިމްޕޯޓްކުރާ ވެލި ހެޔޮއަގެއްގައި ލިބޭނެގޮތެއް ހެދުމަކީ މިކަމަށް އޮތް ހައްލެކެވެ. މިގޮތަށް ވެލި ‘ސަބްސިޑައިޒް’ ކޮށް ދިނުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއްކަމަށް ނުފެނެއެވެ. އެއާއި ގުޅިގެން ދިމާވާނެ އެހެން މައްސަލަތައްވެސް ހުންނާނެއެވެ. މިގޮތުން އެހެން ރަށްތަކުގެ ރައްޔިތުންވެސް  ސަރުކާރުން މިގޮތަށް އެމީހުންނަށްވެސް ވެލި ލިބޭނެގޮތް ހަމަޖައްސާދިނުމަށް ޑިމާންޑް ކުރުމާއި އަދި ހެޔޮއަގުގައި ލިބޭވެލި އެހެން ހިސާބުތަކުގައި އަގުބޮޑުކޮށް ވިއްކުމަކީވެސް ދިމާވާނެ ކަންތަކެވެ. އެހެންކަމުން މިކަހަލަ ކަމަކުން ސަރުކާރަށް ކުރަންޖެހޭ ޚަރަދު ބޮޑުވެގެން ދިއުމާއި އަދި މިކަހަލަ ނިޒާމެއް މޮނިޓާކޮށް ބެލެހެއްޓުމުގެ މަސައްކަތަކީ އުދަގޫ އަދި އަގުބޮޑު ކަމަކަށް ވެގެންދާނެއިރު މިއީ ރަށުގެ އިމާރާތްކުރުމުގެ ބޭނުމަށް ވެލި ސަޕްލައިކޮށްދިނުމަށްއޮތް އެންމެ އެކަށީގެންވާ ހައްލުކަމުގައި ބެލެވޭކަށް ނެތެވެ.

ރާއްޖޭގެ އެހެން ރަށްތަކުން ނުވަތަ ފަޅުތަކުން ވެލިނަގައިގެން ފުވައްމުލަކުގައި އަގުހެޔޮކޮށް ވިއްކުމަކީވެސް ކުރެވިދާނެކަމެކެވެ. އެކަމަކު ދިގުރާސްތާގައި މިއީ ދެމެހެއްޓެނިވިގޮތެއްގައި ކުރެވިދާނެ ކަމެއްތޯ އަދި އެކަމުގެ ސަބަބުން ދިމާވާނެ ތިމާވެށީގެ މައްސަލަތައްވެސް ދެނެގައްނަން ދިރާސާތަކެއް ކުރަން ޖެހެއެވެ.

 މިހާރުންމިހާރަށް ގެދޮރޮއެޅުމަށް ބޭނުންވާ ހުރިހާ ފައިސާއެއް މިކަހަލަ ސްކީމެއްގެ ދަށުން ދެވެން ނެތްނަމަ ހެދޭނެ ގޮތަކީ އިމާރާތްކުރުމަށް ބޭނުންވާ ވެލި ގަންނަން އެކަނި ފައިނޭންސް (ވޭލި ފައިނޭންސިން) ކޮށްދިނުމެވެ. މިކަހަލަ ސްކީމެއް ރަށުގައި ހުންނަ ބޭންކް އޮފްމޯލްޑިވްސް ނުވަތަ އެސްޓީއޯ މެދުވެރިކޮށް ހިންގިދާނެ ކަމެވެ. ބޭނުންވަނީ ފަށައިގަންނަށް ކޮންމެވެސް ވަރެއްގެ ފަންޑެކެވެ. މިފަންޑު ހޯދަން ސަރުކާރު ބަޖެޓުން ނުވަތަ އެހީދޭ ޖަމްއިއްޔާތަކުން ނުވަތަ ރަށުގެ ރައްޔިތުންނާއި ހެޔޮއެދޭ ފަރާތްތަކުން ފައިސާދީގެންވެސް ހުޅުވިދާނެއެވެ. ރަށުގެ ތުނޑި އަދި ތިމާވެށި ހިމާޔަތް ކުރުމަށް މިއީ ކުރުން މުހިންމު ކަމެކެވެ. މިއީ ވިޔަފާރީގެ ގޮތުން ކުރެވޭ ކަމަކަށް ވާއިރު މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިދާނެ ކަމެއްކަން ޔަގީނެވެ.

Leave a Reply

Your email address will not be published. Required fields are marked *