ފުވައްމުލަކި ބަހަ – ފެލާވަޅޮ 1

ރަމިއީ ފުވައްމުލަކުބަސް ދަސްކުރަން ޝައުގުވެރިވާ ފަރާތްތަކަށް ކޮންމެވެސްވަރެއްގެ އެހީއެއް ފޯރުކޮށް ދެވޭތޯ ލިޔެވޭ ލިޔުންތަކެކެވެ.

މިފިލާވަޅުގައި މިހިމަނާލަނީ އާންމުކޮށް ވާހަކަދައްކާއިރު ބޭނުން ކުރާ ބައެއް ވާހަކަތަކެވެ.

 
 ކޮންނަމެކެ ކޭނީ؟ /މިއުށަކޭނީ ކޮން ނަމެކެ؟ / މިއަށަކޭނީ ކޮންނަމެކެ؟  ކޮންނަމެއްކިޔަނާ؟ / މީނައަށް (ފިރިހެން) ކިޔަނީ ކޮންނަމެއް؟ / މީނައަށް (އަންހެން) ކިޔަނީ ކޮންނަމެއް؟
 މަށަކޭނީ …… .  އަހަންނަށް ކިޔަނީ…… .
 ކޮންތަނަކަހަ ތިއެނީ؟  ކޮންތާކަށް ތިދަނީ؟
 މަމިއެނީ …..  އަހަރެން މިދަނީ……
 މަމިއެނީ މަހަބާންނަ  އަހަރެންމިދަނީ މަސްބާނަން
 މަމިއެނީ ތޫނޑަހަ  އަހަރެންމިދަނީ ތުނޑިއަށް
 ….. ހިންނައީ ކޮންތައެނކި  …. ހުންނަކީ ކޮންތާކު
ހައުދަހައި ދުރޭ / ވަރަހަދުރު  ހާދަ ދުރޭ / ވަރަށްދުރު
ހައުދަހައި ކަވެރިއޭ / ވަރަހަކަވެރި  ހާދަކައިރިއޭ / ވަރަށް ކައިރި
 މީކޯނތެކެ؟ އޭކޯނތެކެ؟ ތީ ކޯނތެކެ؟  މިއީ ކޯއްޗެއް؟ އެއީ ކޯއްޗެއް؟ ތިއީ ކޯއްޗެއް؟
 މީ / އޭ / ތީ  މީތި، މިއީ / އޭތި، އެއީ / ތީތި، ތިއީ
 މީކިހައިވަރަކަހަ؟  މީތި ކިހާވަރަކަށް؟
 ހައުދަހައި އަގޮބޮނޑޭ / ހައުދަހައި އަގޮހެވޭ  ހާދަ އަގުބޮޑޭ /ހާދަ އަގުހެވޭ
 ވަރަހަ މީރި   ވަރަށް މީރު
 ޑިސްކައުންޓެއް ނެތެ؟  ޑިސްކައުންޓެއް ނެތްތަ؟
 ވަރަހަބޮނޑަހަ ށުކުރިއްޔާ  ވަރަށްބޮޑަށްޝުކުރިއްޔާ
 ކުމައްކެރާ ތިއާއީ؟  ކީއްކުރަން ތިއައީ؟
 މިއާއީ އިބުރު ހުއަންނަ  މިއައީ އިބުރު (އިބުރާހީމް) ހޯދަން
 އެއުށަ އޯލާލަ  އޭނައަށް ގޮވާބަލަ
 ތިއައެން  އެބަ އަންނަން
 އަދިބައޭ / އަދި ބައެންނޭތިއޭ  އަދި އަންނައްޗޭ
 މަމިވޭންއީ ވަރައްނޭތީ  އަހަރެންމިއުޅެނީ ބަލިވެ
 މަ އެބައެނީ އަހަރެން ދަނީ
 މަ / އަފުން  އަހަރެން / އަހަރެމެން
 އެއު / އެއަ / އެމީހުން  އޭނަ (ފިރިހެން) / އޭނަ (އަންހެން)/ އެމީހުން
 މިއު / މިއަ / މިމީހުން  މީނަ (ފިރިހެން) / މީނަ (އަންހެން)/ މިމީހުން
 ތަ / ތާމެން  ކަލޭ / ކަލޭމެން
 ހާނ/ ހާނވެ  އާނ / އާނއެކޭ
 ނުން / ނުނައެ  ނޫން / ނޫނެކޭ
 

Leave a Reply

Your email address will not be published. Required fields are marked *