ރާއްޖޭގެ އެންމެ ފައިދާބޮޑު ވިޔަފާރި ކަމަށްވާ ޓޫރިސްޓް ރިސޯޓުތައް ހިންގުމުގައި ހަރަކާތްތެރިވާ ދިވެހިން އެމީހުންނަށް ލިބިދޭންޖެހޭ ހައްގު ހޯދުމަށް އެކި ސިސިފައިގާ ވަނީ މަސައްކަތް ކޮށްފައެވެ. އެހައްގުތައް ފުރިހަމަޔަށް ނުލިބި ލަސްވަމުން ދިއުމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ.
ރާއްޖޭގެ ގިނަރަށްތަކުގައި އަދިވެސް ރައްކާތެރި ފެން ލިބޭކަށް ނުހުރެއެވެ. ގިނަރަށްތަކުގައި ބޭނުންކުރަން މިހުންނަނީ އޭގެ ރައްކާތެރިކަން ނޭގޭ ވާރޭ ފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ނެތުމުގެ ސަބަބުން ތައައްޔަރު ވެފައިވާ ވަޅު ފެނެވެ. ސާފު ރައްކާތެރި ފެނަކީ ސިއްހީގޮތުން ދުޅަހެޔޮ އާބާދީއަކަށް ވަރަށްމުހިންމު އަދި އެންމެ އަސާސީ އެއް ވަސީލަތެވެ. މިކަން މިހެން އޮތްއިރު ރާއްޖެތެރޭގެ ރަށްތަކުގައި ރައްކާތެރި ފެން ލިބެން ނެތުމަކީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ.
ރަށިވޭން ކޮންމިމީހަކުއަސް މަދިރަކުން ސަލާމައް ވެންނަ އަތައު ނުންފަހެނާ ފާއު ހޫރާނިލާ ދުވަހަށް މޮދޮވެނެންހެން މަށަ ހީވެނީ.. އެޅެއި އަލަކަނޑަނަ ހީށަސް، ގޭ ޖޯލިއެ ޖައްސާލާފޭއޮތަސް، ބަދިގެ ކައްކަންނަ ހީށަސް، ގެހައްދަށި އެސްޓީއަށް ޖައްސަންނަ ހީށަސް މިމަދިރާމެންގެ އުނދަގުލް އެވަރަހަ ފޯރާ… މަދިރާމެންގެ ސަބަބެން ޖެހޭ ހަމައެކަނިއުނދަގުލަކީ ވޭލާ ކެޑެކެޑެން އަތައު ނުންފަހެނާ ފާއު ހޫރަންނަ ޖެހުން އެކަނެކިއައްނުން …. އޭގޭން ޖެހޭ ބަލިތެކަކީ އެންމެންނާސް އެގޭ ބަލިތެކެއު…. މިހެން… Read more »
އެމަޖެންސީހާލަތެއްދިމާވުމުން ގުޅަންޖެހޭ ނަމްބަރު ހަނދާން ހުންނަނީ ކިތައް މީހުން ބާއެވެ؟ މާލޭގައި ހުންނައިރު ގުޅަންޖެހޭ ނަމަބަރުތައް ހިތުދަސްކޮށްގެން ހުއްޓަސް އެހެންރަށެއްގައި ހުއްޓާ ކަމެއްދިމާވުމުން ގުޅަންޖެހޭ ނަމްބަރުތަކެއް ނޭގޭނެއެވެ. އަދި މާލޭގައިވެސް ކޮންމެކަމަށް ވަކިނަމްބަރުތަކެއް ވާއިރު ހަނދާންބަލިމީހުނަށް އެމަޖެންސީއެއްގައި ހުންނާނީ ހަދާނެގޮތް ހުސްވެފައެވެ. އެމްބިއުލެންސަށްގުޅަން، ޕޮލިހަށްގުޅަން، އަލިފާންނިއްވަން ގުޅަން މިހެންގޮސް މިކަހަލަ ކޮންމެކަމަކަށް ކޮންމެރަށަކަށް ވަކިނަމްބަރުތަކެއް ހުރުމަކީ ކޮންމެހެންވެސް ބަދަލުކުރަންޖެހޭ ކަމެއްކަމުގައި ފެނެއެވެ.
ކެމްޕެއިންތަކުގައި އާންމުކޮށް މީހުން ވޯޓުހޯދަން ކުރާކަމަކީ ތިމަންނަމެން ހޮވިއްޖެނަމަ ކޮށްދޭނެ ކަންތައްތަކުގެ ވާހަކަ ރައްޔިތުންނަށް އަންގާދިނުމެވެ. މިއާހިލާފަށް ޑީއާރްޕީ/ޕީޕއެމްގެ ކެމްޕެއިންތަށް، ހާއްސަކޮށް އަތޮޅުތެރޭގައި ހިންގާ ކެމްޕެއިންތައް، އަމާޒުވެފައިވަނީ އެމްޑީޕީގެ ލާދީނީވާހަކަދެއްކުމުގައެވެ. ތިރީގައިމިވަނީ ކައުންސިލްއިންތިހާބުތެރޭ އެމީހުން ކެމްޕެއިންގަ ބޭނުންކުރި ލިޔުމެކެވެ. މިހާރުވެސް މިކަހަލަ ވާހަކަތަކެއް އެބަދައްކައެވެ. . ޖަމާއަތުލްމުސްލިމީން ކިޔާ ބަޔަކު ލައްވާ އިސްލާމީ މަރުކަޒު ގޮއްވާލުމަށްފަހު އެތަނުގައި ފައްޅިއެއް ގާއިމުކުރުމަށް އެމްޑީޕީއާއި އިނގިރޭސިބަޔަކާދެމެދު ބަދަލުކުރެވެނު ލިޔެކިޔުންތަކެއް ލީކުވިވާހަކައެވެ. އެހެންމިސްކިތެއްގޮއްވާލާވަހަކަ ބުނިނަމަވެސްގަބޫލުކުރަން… Read more »
ފުވައްމުލަކުގައި އަޅަން ހަމަޖެހިފައިވާ ސިޓީ ހޮޓަލުގެ އެގްރީމެންޓް ވަނީ، އެމަސައްކަތް ހަވާލުކުރެވުނުތާ ގާތްގަޑަކަށް ތިން އަހަރު ފަހުން ކެންސަލްކޮށްފައެވެ. އެންމެ ފަހުން ސަރުކާރުން ބުނެފައިވަނީ ސިޓީ ހޮޓާ އަލުން ބީލަމަށް ލާނެކަމަށެވެ. އަލުން ސިޓީ ހޮޓާ ތަރައްގީކުރަން ފުރުސަތު ހުޅުވާލާއިރު އިތުރަށް ވިސްނާލުމަކީ މުހިއްމު ކަމެކެވެ.
މިދުވަސްކޮޅު ގުއަންޓާނަމޯބޭއިން ބަޔަކު ރާއްޖެ ގެނައުމުގެ މައްސަލަވަނީ ސިޔާސީ ފަރާތްތަކުން އެންމެ ހޫނުކޮށް ބަހުސްކުރެވޭ އެއްކަމަކަށް ވެފައެވެ. ނިކަމެތި މުސްލިމަކަށް އެހީވުމަކީ ކުރުން ރަގަޅުނޫންކަމެއްގޮތަށް ހަދަން ކުރަމުންދާ މަސައްކަތް ވަރަށްވެސް ފުޅާފެފައި ބޮޑެވެ.
މިހާރުގެ ސަރުކާރަށް ކުރިމަތިވެފައިވާއެންމެބޮޑު ގޮންޖެހުމަކީ ކަރަންޓު އަގު މައްޗަށް ދިއުމުގެ ސަބަބުން އިދިކޮޅު ފަރާތްތަކުނާއި ސަޕޯޓަރުންވެސް ހިމެނޭގޮތަށް ކުރަމުންދާ މުޒާހަރާތަކާއި ގޮވާލަމުންދާ ގޮވާލުންތަކެވެ. އިދިކޮޅު ފަރާތްތަކުންވެސް މިކަން ވަރަށް ސީރިއަސް ކަމެއްގޮތުގައިނަގައިގެން އުޅޭއިރު އެކަށީގެންވާ ހައްލެއް ހުށަހަޅާތަނެއް ނުފެނެއެވެ.
މިމަހުގެ ބާރަވަނަދުވަހު ކެބިނެޓުން ނިންމިކަމަށް ހަބަރުތަކުގައިވަނީ ގެދޮރުއެޅުމުގެ މަޝްރޫއަށް ފައިސާހޯދަން ހަތަރުރަށެއް ރިސޯޓުގެ ގޮތުގައި ތަރައްގީކުރަން ހުޅުވާލިވާހަކައެވެ. މިރަށްތައް ދޫކުރުމުގެ މައިގަނޑު އެއް އުސޫލަކީ ހައުސިންފަންޑަށް އެންމެގިނަ ފައިސާދޭން ހުށަހަޅާފަރާތަކަށް އިސްކަންދިނުމުގެ އުސޫލެވެ. މިގޮތަށް ވަކިކަންތަކަށް ފައިސާހޯދުމަށް ރަށްތައް ދޫކުރުމަކީ މާހަމަޖެހޭ އުސޫލެއްގޮތުގައި ނުފެނެއެވެ.
ރާއްޖޭގައި ހިންގާ ބޭންކް ތަކަކީ އެންމެބޮޑަށް އެބޭންކްތަކުގެ ހިދުމަތަށް ބޭނުންވާ މީހުންނަށް ހިދުމަތް ނުދެވޭ ބޭންކް ތަކެކެވެ.ބުނަންމިއުޅޭ ވާހަކައަކީ ލޯނުތައް ބޭނުންންވާ އެންމެ އާދައިގެ މީހާއަށް ލޯނު ނުދޭ ބޭންކް ތަކެކެވެ. ލޯނެއް ބޭނުންނަމަ ހޯދަންޖެހޭ ގެރެންޓީދޭ މީހުންނާއި ބަހައްޓަންޖެހޭ ރަހުނުތަކުގެ ސަބަބުން ލޯނު ހޯދުން ވަނީ އުދަގޫ ކަމަކަށް ހަދާފައެވެ. މިބުނެވުނު ކަހަލަ މީހުންނަށް މައިކްރޯ ކްރެޑިޓް ސްކީމެއް ދެމެހެއްޓެނިވިގޮތެއްގައި ހިންގިދާނެބާއެވެ؟