މިދުވަސްކޮޅު މީޑިއާ އަދި މީހުންގެ ތެރޭގައި އެންމެހޫނުކޮށް ބަހުސް ކުރެވޭ ކަމަކީ މީހުންދިރިއުޅޭ ރަށްރަށުގައި ރާވިއްކުމުގެ މަގުފަހިވާގޮތަށް އިކޮނޮމިކް މިނިސްޓްރީއިން “ބަނގުރަލާއި އޫރުމަހާއި އޫރުމަހުން އުފައްދާތަކެތި ރާއްޖެއަށްގެނައުމާއި ދިވެހިރާއްޖޭގައި ގެންގުޅުމުގެ ގަވާއިދާއި ބަނގުރަލާއި އޫރުމަހާއި އޫރުމަހުން އުފައްދާތަކެތި ވިއްކާފަރާތްތަކުން އަމަލުކުރަންވީގަވާއިދު” ބަދަލުކުރުމުގެ ވާހަކައެވެ. މިހާރު ހުރިހާކަމަކަށްވެސް ވާގޮތަށް މިކަންވެސްވަނީ ސިޔާސީ ގޭމަކަށް ވެފައެވެ.
މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ގިނައިން ދެކެވޭ ވާހަކަތަކަކީ ރާއްޖެއަށް އައިސްގެންއުޅޭ އިގްތިސާދީ ހީނަރުކަމުގެ ވާހަކައާއި އައިއެމްއެފް އެހީގެ ވާހަކަ އަދި އިޒްރޭލާއި ސިޔާސީގުޅުން ބަދަހިކުރުމުގެ ވާހަކައެވެ.
މީހުންގެ ކޭޝްކާޑު އެމީހުންނަށްނޭގި އޭޓީއެމްތަކުން ފައިސާނެގުމާއި އަދި ފިހާރަތަކުން ވިޔަފާރިކުރުމަށް ބޭނުންކުރާހަބަރު ދޭތެެރެދޭތެރެއިން އިވެމުންދެވެ. މިމަހުގެ ފަހުކޮޅު ޕޮލިހުންވަނީ މިގޮތަށް ކޭޝްކާޑުތަކުން ވައްކަންކުރަމުންދިޔަ ބޮޑު ގްރޫޕެއް ފަޅާއަރުވާލާފައެވެ. ދިވެހިން ކޭޝްކާޑާއި ކްރެޑިޓް ކާޑު ބޭނުންކުރާގޮތުންނާއި އަދި ބޭންކުންނާއި ފިހާރަތަކުން ކާޑު ބޭނުންކުރަން ހަމަޖައްސާފައި ހުންނަގޮތްތަކުން މިކަހަލަކަމެއް ވުމަކީ ދުރުގައިވާނެކަމެއްނޫންކަން ކުރީގައިވެސް އެނގެއެވެ.
މިހާރު އެންމެ ގިނައިން ދެކެވޭ އެއްވާހަކައަކީ ސިވިލްސާވިސްގެ ސައިޒް ކުޑަކުރުން ނުވަތަ އެސާވިސްގައި ހިމެނޭ މުވައްޒަފުން މަދުކުރުމުގެ ވާހަކައެވެ. އަދި އެމީހުންގެ އެލަވަންސްއާއި މުސާރަ ކުޑަކުރާވާހަކައެވެ. ސަރުކާރުން މިގޮތަށް މިކަން ކުރަނީ ރާއްޖޭގައި މިވަނީ އެކަށީގެންވާވަރަށްވުރެ ބޮޑު ސިވިލްސާވިސްއެއްކަމަށް ބުނަމުންނެވެ. އަދި ސަރުކާރުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުންނެވެ. މިކަންތައްގަޑު މިހާރުވަނީ ބޮޑު ސިޔާސީ ގޭމަކަށް ހަދާފައެވެ. މިކަމުގައި މުޅިގައުމަށް އެންމެ ފައިދާބޮޑު ގޮތަކީ ކޮބައިތޯ ބެލުމަކީ މުހިއްމު ކަމެކެވެ.
ވަޒީފާއާއި ބެހޭ ގާނޫނުގެ އެންމެމަދުން މުސާރަލިބޭ މިންވަރު ކަނޑައަޅެމަށް މަގުފަހިކޮށްދީފައިވާ މާއްދާ އުވާލުމަށް މިހާރުވަނީ މަޖްލިހަށް ހުށަހަޅާފައެވެ. މިގޮތުން ހުށަހަޅާފައިވަނީ އެގާނޫނުގެ 60، 61 އަދި 62 ވަނަ މާއްދާ އުވާލުމަށެވެ. މިއިސްލާހް ހުށަހަޅާފައިވަނީ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު އިބަރާހީމް މުއްތަލިބް އެވެ.
ސަރުކާރުން މިހާރު މަޖްލިހަށް ހުށަހަޅާފައިވާ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަކީ އެގާނޫނު މެދުވެރިކޮށް އިޖްތިމާއީ އަދި އިގްތިސާދީ ގިނަ ލަނޑުދަނޑިތަކެއް ހާސިލްކުރުމަށް އެހިވެދޭނެ ގާނުނެކެވެ. މިގޮތުން ގައުމުގެ މުއްސަދިކަން ބެހިފައިވާގޮތަށް މިހާރަށްވުރެބޮޑަށް ހަމަހަމަކަން ގެނައުމާއި، ރާއްޖޭގެ ވިޔަފާރިތަކަށް ކުރިއެރުން ހޯދާދިނުމާއި، ދިރިއުޅެން ފަސޭހަ ވެއްޓެއް ގާއިމުކުރުން ހިމެނެއެވެ. ސަރުކާރުން މިބިލް ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ އަގުތަށް ތިރިކުރުމާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ދަތުރުފަތުރާއި އިގްތިސާދީ ހަރަކާތްތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން މިހާރުން މިހާރަށްވެސް ހޯދޭނެ… Read more »
ބައެއްފަހަރު ސަރުކާރުން ހަދާލާ ގަވާއިދަކީ ހަމަބުއްދީގައި ހުންނަމީހަކަށް ގަބޫލު ކުރަން އުދަގޫ ގަވާއިދު ތަކެކެވެ. ތަންކޮޅެއް ކުރީޒަމާނުގައި މާލެއަރަން ކުޑަސިޓީ ހައްދަން ޖެހުނެވެ. އެހެންގައުމަކަށް ދާއިރު ވިސާ ހައްދަން ޖެހޭ ގޮތަށެވެ. މިދޭތެރެއަކުން ފަށައިގެން އުޅޭ ކަމަކީ މާލޭ މުނިސިޕަލްޓީ ޚާއްސަ ދަފްތަރެއްގެ ކަންތަކެވެ. މިދަފްތަރު ވަނީ ދަންތުރައަކަށް ބަދަލުވެފައެވެ. ބޭކާރު ކަމަކަށް ވުމުގެ އިތުރުން މިކަމުގެ ސަބަބުން އެތައްބައެއްގެ ހައްގުތައް ދަނީ ގެއްލެމުންނެވެ.
ފުވައްމުލަކުގެ އެއާޕޯޓް ހެދެންދެން ގިނަމީހުން މާލެއާއި ރަށާއި ދޭތެރޭ ދަތުތުކުރަމުން ދާނީ މިހާރުވެސް އެކަން ކުރަމުން ދާގޮތަށް ގަމުގެ މަގުންކަން ޔަގީނެވެ. ފުވައްމުލަކު ރައްޔިތުން އުންމީދު ކުރަމުންދާ އެއާޕޯޓް ހެދެން ދެން މިމަގުން ދަތުރުކުރާ މީހުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަންތައްތަކެއް މިހާރުވެސް ކުރެވެން އެބަހުއްޓެވެ.
ފުވައްމުލަކުގައި އިމާރާތް ކުރުމަށް ޒަމާނުއްސުރެ ބޭނުން ކުރަމުން އައީ ރަށުގެ އަތިރިމަތިން ނަގާ ވެއްޔެވެ. ކުރީގައި އެގެއަކާ ދިމާލު އަތިރިން ރާނަން ބޭނުންވާ ވެލި އުދަގޫކަމެއްނެތި ލިބެމުން ދިޔައެވެ. މިގޮތަށް ލިބެމުންދިޔަ ސަޕްލައި ހުސްވުމުން ދެން ފެށުނީ ތުނޑީ ސަރަހައްދުން ވެލިނަގާށެވެ. ތުނޑީގެ ވެލިގަނޑު މިގޮތަށްގޮސް ހުސްވަމުންދާއިރު ތިމާވެށީގެ ގޮތުން ލިބެމުންދާ ގެއްލުމާއި އަދި ރަށުގެ ތަރިކައެއް ގެއްލެމުންދާއިރު އެކަށީގެންވާ މަސައްކަތެއް މިކަން ހައްލުކަރަން ކުރެވެމުން ނުދަނީ އެއީ ނުކުރެވޭނެ… Read more »
ޓޫރިސްޓް ރިސޯޓް ހެދުމަށް ދޫކުރާ ރަށްރަށާއި ބިންބިން ކުއްޔަށްދޭ މުއްދަތު 25 އަހަރުން 50 އަހަރަށް އިތުރުކުރުމަށް މިހާރުވަނީ މަޖްލިހަށް ބިލެއް ހުށަހަޅާފައެވެ. މިހާރު އަމަލުކުރެވޭ ގާނޫނުގެ ދަށުންކުއްޔަށްދެވޭ 25، 35 ނުވަތަ 50 އަހަރުގެ ބަދަލުގައި ތަފާތުކުރުމެއްނެތި ހުރިހާ ރިސޯޓްތަކަށް 50 އަހަރުގެ މުއްދަތެއް ދިނުމާއި ދޭތެރޭ ފުންކޮށް ވިސްނާލަން ޖެހެއެވެ. އަދި އެކަން އެގޮތަށް ހުށަހަޅާނަމަ އެއާއި އެއްކޮށް ކުރަންޖެހޭ އެހެން ކަންތައްތައްވެސް އެބަހުއްޓެވެ.