Tag Archives: މުޖުތަމައު

ދީނާއި ދައުލަތް ވަކިކުރުމަށް ބޭނުމެއްނޫން. އެކަމަކު ….

(1)  ރާއްޖެކަހަލަ ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި ދީނާއި ދަައުލަތް ވަކި ކުރުމަކީ އަހަރެން ގަބޫލު ކުރާ އުސޫލެއް ނޫނެވެ. ކޮންމެ އިންތިހާބެއްގައިވެސް ލާދީނީ މީހުން ވެރިކަމަށް ނުގެންނަން ގިނަ ދިވެހިން މަސައްކަތް ކުރެއެވެ. ހާއްސަކޮށް ދީނާއި ދައުލަތް ވަކި ނުކުރުން އެއީ ވޯޓުދިނުމުގައި އެއްމެ އިސްކަމެއްދޭ ކަމަކަށް ވަނީ ވެފައެވެ. އެކަމަކު އަހަރެމެންގެ ދިރިއުޅުމުގެ އެހެން ހުރިހާ ކަމެއްގައިހެން ފެނިގެންދަނީ މިއާ ޚިލާފަށް ކަންކަން ކުރަމުންދާ ތަނެވެ. އަހަރެމެންގެ މުޖުތަމައުގެ… Read more »

ގައުމު ވިއްކުން، އަސާސީ ޚިދުމަތް، ދެފުށް ކެހެރިކަން

(1) ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ކުރެވޭގޮތަށް ގާނޫނު އަސާސީއަށް ވަނީ ބަދަލު ގެނެސް ފާސްކޮށްފައެވެ. މަޖްލިސް އެކްސްޕްރެސް މެދުވެރިކޮށެވެ. އެއްބަޔަކަށް ހަމަ އޯކޭ އެވެ. އަނެއްބަޔަކަށް މިވަރުގެ ޚިޔާނާތެއް ބަޔަކު މިދައުލަތަކަށް ވީކަމަށް ނުވެއެވެ.

ފުވައްމުލަކު ރައްޔިތުން ފެނާއި ނަރުދަމާ ނިޒާމަށް ކުރާ އިންތިޒާރު

ސާފު ބޯފެނާއި ނަރުދަމާ ނިޒާމަކީ ފުވައްމުލަކަށް އެންމެ މުހިއްމު މަޝްރޫއު އެވެ. ރަށުގެ ފެން ނަޖިހުން ތައައްޔަރު ވެފައިވަނީ ނަޖިސް ނައްތާލާނެ ރަނގަޅު ނިޒާމެއް ނެތުމުގެ ސަބަބުންނެވެ. ފުވައްމުލަކު ރައްޔިތުން މިކަމަށް އިންތިޒާރު ކުރާތާ އެތަކެއް އަހަރު ވަނީ ވެފައެވެ. ކޮންމެ ސަރުކާރަކުންވެސް މިކަން ކޮށްދޭން ވައުދުވެއެވެ. ތިރީގައި މިވަނީ 2003 އިން ފެށިގެން މިއަދާ ހަމަޔަށް މިކަމާއި ގުޅިގެން އާއްމު ވެފައިވާ ބައެއް ޚަބަރު ތަކެވެ.

ދިރިއުޅުމުގެ އާދަކާދައާއި ވައްޓަފާޅި ބަޖެޓަށް ތަކުލީފަކަށް ވެގެން ނުވާނެ

(1) އާސަންދައަކީ ފަހުގެ ނުވަތަ ކުރީތާރީހަކަށް ބެލިކަމުގައި ވިޔަސް ދިވެހި ސަރުކާރަކުން ރައްޔިތުންނަށް ތައާރަފްކޮށްދިިން އެންމެ ބޭނުންތެރި ނިޒާމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބަލިވުމަކީ ވަކި މުއްސަންޖަކަށް ފަގީރަކަށް އޮއްނަ ކަމެއްނޫނެވެ. އަދި ބަލިވާހިނދު އެކަށީގެންވާ ފަރުވާ ލިބުމުގެ ހައްގު އޮންނަންވީ ހަމައެކަނި ފައިސާގެ ތަނަވަސްކަން ހުރި މީހުނަށް އެކަންޏެއް ނޫނެވެ. ނިކަމެތި ފަގީރު މީހާއަށްވެސް އެހައްގު  އޮއްނަން ޖެހޭނެއެވެ. އެހެންކަމުން އާސަންދަ ދެމި އޮންނަން ޖެހޭނެއެވެ. އިތުރަށް ފުޅާ… Read more »

ރަށުތެރެ އަށް ގިނަވެގެން އުޅޭ ކުދިންގެ ވާހަކަ

(1) ފުވައްމުލަކުގައި ހަށި ގަނެ ވިއްކުމުގެ ވިޔަފާރި ނެޓުވޯކެއް ފަޅާއަރުވާލި ވާހަކައާއި ގުޅިގެން މިމަހު 11 ވަނަ ދުވަހު “ހަވީރު”  ގެ އާޓިކަލްއެއްގައި ރަށު މީހަކާ ހަވާލާދީ ބުނެފައިވަނީ “އެ ދެ އަންހެން ކުދިންނަކީ ރަށުތެރެ އަށް ގިނަވެގެން އުޅޭ ދެ ކުދިން” ކަމަށެވެ.

ރިސޯޓް މުވައްޒަފުންގެ ހައްގުތައް ނުލިބި ލަސްވުމަކީ ސީރިއަސް މައްސަލައެއް

ރާއްޖޭގެ އެންމެ ފައިދާބޮޑު ވިޔަފާރި ކަމަށްވާ ޓޫރިސްޓް ރިސޯޓުތައް ހިންގުމުގައި ހަރަކާތްތެރިވާ ދިވެހިން އެމީހުންނަށް ލިބިދޭންޖެހޭ ހައްގު ހޯދުމަށް އެކި ސިސިފައިގާ ވަނީ މަސައްކަތް ކޮށްފައެވެ. އެހައްގުތައް ފުރިހަމަޔަށް ނުލިބި ލަސްވަމުން ދިއުމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ.

ރާއްޖޭގެ ރަށްތަކުގެ ފެނުގެ ހާލަތު – ބައިލޮޖިކަލް ބޮމެއް

 ރާއްޖޭގެ  ގިނަރަށްތަކުގައި އަދިވެސް ރައްކާތެރި ފެން ލިބޭކަށް ނުހުރެއެވެ. ގިނަރަށްތަކުގައި ބޭނުންކުރަން މިހުންނަނީ އޭގެ ރައްކާތެރިކަން ނޭގޭ ވާރޭ ފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ނެތުމުގެ ސަބަބުން  ތައައްޔަރު ވެފައިވާ  ވަޅު ފެނެވެ. ސާފު ރައްކާތެރި ފެނަކީ ސިއްހީގޮތުން ދުޅަހެޔޮ އާބާދީއަކަށް ވަރަށްމުހިންމު އަދި އެންމެ އަސާސީ އެއް ވަސީލަތެވެ. މިކަން މިހެން އޮތްއިރު ރާއްޖެތެރޭގެ ރަށްތަކުގައި ރައްކާތެރި ފެން ލިބެން ނެތުމަކީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ.

މަދިރި މަދޮކެރުމުގެ މަސައްކައް ވައިއެ ހިފުއަންނަ ޖެހީގެ

ރަށިވޭން ކޮންމިމީހަކުއަސް މަދިރަކުން ސަލާމައް ވެންނަ އަތައު ނުންފަހެނާ ފާއު ހޫރާނިލާ ދުވަހަށް މޮދޮވެނެންހެން މަށަ ހީވެނީ.. އެޅެއި އަލަކަނޑަނަ ހީށަސް، ގޭ ޖޯލިއެ ޖައްސާލާފޭއޮތަސް، ބަދިގެ ކައްކަންނަ ހީށަސް، ގެހައްދަށި އެސްޓީއަށް ޖައްސަންނަ ހީށަސް މިމަދިރާމެންގެ އުނދަގުލް އެވަރަހަ ފޯރާ… މަދިރާމެންގެ ސަބަބެން ޖެހޭ ހަމައެކަނިއުނދަގުލަކީ ވޭލާ ކެޑެކެޑެން އަތައު ނުންފަހެނާ ފާއު ހޫރަންނަ ޖެހުން އެކަނެކިއައްނުން …. އޭގޭން ޖެހޭ ބަލިތެކަކީ އެންމެންނާސް އެގޭ ބަލިތެކެއު…. މިހެން… Read more »

އެމަޖެންސީތަކުގައި ގުޅުމަށް އެއް ނަމްބަރު މުހިންމު

އެމަޖެންސީހާލަތެއްދިމާވުމުން ގުޅަންޖެހޭ ނަމްބަރު ހަނދާން ހުންނަނީ ކިތައް މީހުން ބާއެވެ؟ މާލޭގައި ހުންނައިރު ގުޅަންޖެހޭ ނަމަބަރުތައް ހިތުދަސްކޮށްގެން ހުއްޓަސް އެހެންރަށެއްގައި ހުއްޓާ ކަމެއްދިމާވުމުން ގުޅަންޖެހޭ ނަމްބަރުތަކެއް ނޭގޭނެއެވެ. އަދި މާލޭގައިވެސް ކޮންމެކަމަށް ވަކިނަމްބަރުތަކެއް ވާއިރު ހަނދާންބަލިމީހުނަށް އެމަޖެންސީއެއްގައި ހުންނާނީ ހަދާނެގޮތް ހުސްވެފައެވެ. އެމްބިއުލެންސަށްގުޅަން، ޕޮލިހަށްގުޅަން، އަލިފާންނިއްވަން ގުޅަން މިހެންގޮސް މިކަހަލަ ކޮންމެކަމަކަށް ކޮންމެރަށަކަށް ވަކިނަމްބަރުތަކެއް ހުރުމަކީ ކޮންމެހެންވެސް ބަދަލުކުރަންޖެހޭ ކަމެއްކަމުގައި ފެނެއެވެ.

ގުއަންޓާނަމޯބޭޖަލުން މުސްލިމުން މިނިވަންކުރުން – މުހިންމުކަމެއްނޫންބާ؟

މިދުވަސްކޮޅު ގުއަންޓާނަމޯބޭއިން ބަޔަކު ރާއްޖެ ގެނައުމުގެ މައްސަލަވަނީ ސިޔާސީ ފަރާތްތަކުން އެންމެ ހޫނުކޮށް ބަހުސްކުރެވޭ އެއްކަމަކަށް ވެފައެވެ. ނިކަމެތި މުސްލިމަކަށް އެހީވުމަކީ ކުރުން ރަގަޅުނޫންކަމެއްގޮތަށް ހަދަން ކުރަމުންދާ މަސައްކަތް ވަރަށްވެސް ފުޅާފެފައި ބޮޑެވެ.