(1) ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ކުރެވޭގޮތަށް ގާނޫނު އަސާސީއަށް ވަނީ ބަދަލު ގެނެސް ފާސްކޮށްފައެވެ. މަޖްލިސް އެކްސްޕްރެސް މެދުވެރިކޮށެވެ. އެއްބަޔަކަށް ހަމަ އޯކޭ އެވެ. އަނެއްބަޔަކަށް މިވަރުގެ ޚިޔާނާތެއް ބަޔަކު މިދައުލަތަކަށް ވީކަމަށް ނުވެއެވެ.
(1) އާސަންދައަކީ ފަހުގެ ނުވަތަ ކުރީތާރީހަކަށް ބެލިކަމުގައި ވިޔަސް ދިވެހި ސަރުކާރަކުން ރައްޔިތުންނަށް ތައާރަފްކޮށްދިިން އެންމެ ބޭނުންތެރި ނިޒާމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބަލިވުމަކީ ވަކި މުއްސަންޖަކަށް ފަގީރަކަށް އޮއްނަ ކަމެއްނޫނެވެ. އަދި ބަލިވާހިނދު އެކަށީގެންވާ ފަރުވާ ލިބުމުގެ ހައްގު އޮންނަންވީ ހަމައެކަނި ފައިސާގެ ތަނަވަސްކަން ހުރި މީހުނަށް އެކަންޏެއް ނޫނެވެ. ނިކަމެތި ފަގީރު މީހާއަށްވެސް އެހައްގު އޮއްނަން ޖެހޭނެއެވެ. އެހެންކަމުން އާސަންދަ ދެމި އޮންނަން ޖެހޭނެއެވެ. އިތުރަށް ފުޅާ… Read more »
ފުވައްމުލަކުގައި އަޅަން ހަމަޖެހިފައިވާ ސިޓީ ހޮޓަލުގެ އެގްރީމެންޓް ވަނީ، އެމަސައްކަތް ހަވާލުކުރެވުނުތާ ގާތްގަޑަކަށް ތިން އަހަރު ފަހުން ކެންސަލްކޮށްފައެވެ. އެންމެ ފަހުން ސަރުކާރުން ބުނެފައިވަނީ ސިޓީ ހޮޓާ އަލުން ބީލަމަށް ލާނެކަމަށެވެ. އަލުން ސިޓީ ހޮޓާ ތަރައްގީކުރަން ފުރުސަތު ހުޅުވާލާއިރު އިތުރަށް ވިސްނާލުމަކީ މުހިއްމު ކަމެކެވެ.
މިހާރުގެ ސަރުކާރަށް ކުރިމަތިވެފައިވާއެންމެބޮޑު ގޮންޖެހުމަކީ ކަރަންޓު އަގު މައްޗަށް ދިއުމުގެ ސަބަބުން އިދިކޮޅު ފަރާތްތަކުނާއި ސަޕޯޓަރުންވެސް ހިމެނޭގޮތަށް ކުރަމުންދާ މުޒާހަރާތަކާއި ގޮވާލަމުންދާ ގޮވާލުންތަކެވެ. އިދިކޮޅު ފަރާތްތަކުންވެސް މިކަން ވަރަށް ސީރިއަސް ކަމެއްގޮތުގައިނަގައިގެން އުޅޭއިރު އެކަށީގެންވާ ހައްލެއް ހުށަހަޅާތަނެއް ނުފެނެއެވެ.
މިމަހުގެ ބާރަވަނަދުވަހު ކެބިނެޓުން ނިންމިކަމަށް ހަބަރުތަކުގައިވަނީ ގެދޮރުއެޅުމުގެ މަޝްރޫއަށް ފައިސާހޯދަން ހަތަރުރަށެއް ރިސޯޓުގެ ގޮތުގައި ތަރައްގީކުރަން ހުޅުވާލިވާހަކައެވެ. މިރަށްތައް ދޫކުރުމުގެ މައިގަނޑު އެއް އުސޫލަކީ ހައުސިންފަންޑަށް އެންމެގިނަ ފައިސާދޭން ހުށަހަޅާފަރާތަކަށް އިސްކަންދިނުމުގެ އުސޫލެވެ. މިގޮތަށް ވަކިކަންތަކަށް ފައިސާހޯދުމަށް ރަށްތައް ދޫކުރުމަކީ މާހަމަޖެހޭ އުސޫލެއްގޮތުގައި ނުފެނެއެވެ.
ރާއްޖޭގައި ހިންގާ ބޭންކް ތަކަކީ އެންމެބޮޑަށް އެބޭންކްތަކުގެ ހިދުމަތަށް ބޭނުންވާ މީހުންނަށް ހިދުމަތް ނުދެވޭ ބޭންކް ތަކެކެވެ.ބުނަންމިއުޅޭ ވާހަކައަކީ ލޯނުތައް ބޭނުންންވާ އެންމެ އާދައިގެ މީހާއަށް ލޯނު ނުދޭ ބޭންކް ތަކެކެވެ. ލޯނެއް ބޭނުންނަމަ ހޯދަންޖެހޭ ގެރެންޓީދޭ މީހުންނާއި ބަހައްޓަންޖެހޭ ރަހުނުތަކުގެ ސަބަބުން ލޯނު ހޯދުން ވަނީ އުދަގޫ ކަމަކަށް ހަދާފައެވެ. މިބުނެވުނު ކަހަލަ މީހުންނަށް މައިކްރޯ ކްރެޑިޓް ސްކީމެއް ދެމެހެއްޓެނިވިގޮތެއްގައި ހިންގިދާނެބާއެވެ؟
މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ގިނައިން ދެކެވޭ ވާހަކަތަކަކީ ރާއްޖެއަށް އައިސްގެންއުޅޭ އިގްތިސާދީ ހީނަރުކަމުގެ ވާހަކައާއި އައިއެމްއެފް އެހީގެ ވާހަކަ އަދި އިޒްރޭލާއި ސިޔާސީގުޅުން ބަދަހިކުރުމުގެ ވާހަކައެވެ.
މިހާރު އެންމެ ގިނައިން ދެކެވޭ އެއްވާހަކައަކީ ސިވިލްސާވިސްގެ ސައިޒް ކުޑަކުރުން ނުވަތަ އެސާވިސްގައި ހިމެނޭ މުވައްޒަފުން މަދުކުރުމުގެ ވާހަކައެވެ. އަދި އެމީހުންގެ އެލަވަންސްއާއި މުސާރަ ކުޑަކުރާވާހަކައެވެ. ސަރުކާރުން މިގޮތަށް މިކަން ކުރަނީ ރާއްޖޭގައި މިވަނީ އެކަށީގެންވާވަރަށްވުރެ ބޮޑު ސިވިލްސާވިސްއެއްކަމަށް ބުނަމުންނެވެ. އަދި ސަރުކާރުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުންނެވެ. މިކަންތައްގަޑު މިހާރުވަނީ ބޮޑު ސިޔާސީ ގޭމަކަށް ހަދާފައެވެ. މިކަމުގައި މުޅިގައުމަށް އެންމެ ފައިދާބޮޑު ގޮތަކީ ކޮބައިތޯ ބެލުމަކީ މުހިއްމު ކަމެކެވެ.
ވަޒީފާއާއި ބެހޭ ގާނޫނުގެ އެންމެމަދުން މުސާރަލިބޭ މިންވަރު ކަނޑައަޅެމަށް މަގުފަހިކޮށްދީފައިވާ މާއްދާ އުވާލުމަށް މިހާރުވަނީ މަޖްލިހަށް ހުށަހަޅާފައެވެ. މިގޮތުން ހުށަހަޅާފައިވަނީ އެގާނޫނުގެ 60، 61 އަދި 62 ވަނަ މާއްދާ އުވާލުމަށެވެ. މިއިސްލާހް ހުށަހަޅާފައިވަނީ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު އިބަރާހީމް މުއްތަލިބް އެވެ.
ސަރުކާރުން މިހާރު މަޖްލިހަށް ހުށަހަޅާފައިވާ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަކީ އެގާނޫނު މެދުވެރިކޮށް އިޖްތިމާއީ އަދި އިގްތިސާދީ ގިނަ ލަނޑުދަނޑިތަކެއް ހާސިލްކުރުމަށް އެހިވެދޭނެ ގާނުނެކެވެ. މިގޮތުން ގައުމުގެ މުއްސަދިކަން ބެހިފައިވާގޮތަށް މިހާރަށްވުރެބޮޑަށް ހަމަހަމަކަން ގެނައުމާއި، ރާއްޖޭގެ ވިޔަފާރިތަކަށް ކުރިއެރުން ހޯދާދިނުމާއި، ދިރިއުޅެން ފަސޭހަ ވެއްޓެއް ގާއިމުކުރުން ހިމެނެއެވެ. ސަރުކާރުން މިބިލް ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ އަގުތަށް ތިރިކުރުމާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ދަތުރުފަތުރާއި އިގްތިސާދީ ހަރަކާތްތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން މިހާރުން މިހާރަށްވެސް ހޯދޭނެ… Read more »