Tag Archives: އިގްތިސާދު

ރިސޯޓްތައް ކުއްޔަށްދޭ މުއްދަތު 50 އަހަރަށް އިތުރު ކުރުން

ޓޫރިސްޓް ރިސޯޓް ހެދުމަށް ދޫކުރާ ރަށްރަށާއި ބިންބިން ކުއްޔަށްދޭ މުއްދަތު 25 އަހަރުން 50 އަހަރަށް އިތުރުކުރުމަށް މިހާރުވަނީ މަޖްލިހަށް ބިލެއް ހުށަހަޅާފައެވެ. މިހާރު އަމަލުކުރެވޭ ގާނޫނުގެ ދަށުންކުއްޔަށްދެވޭ 25، 35 ނުވަތަ 50 އަހަރުގެ ބަދަލުގައި ތަފާތުކުރުމެއްނެތި ހުރިހާ ރިސޯޓްތަކަށް 50 އަހަރުގެ މުއްދަތެއް ދިނުމާއި ދޭތެރޭ ފުންކޮށް ވިސްނާލަން ޖެހެއެވެ. އަދި އެކަން އެގޮތަށް ހުށަހަޅާނަމަ އެއާއި އެއްކޮށް ކުރަންޖެހޭ އެހެން ކަންތައްތައްވެސް އެބަހުއްޓެވެ.