Tag Archives: ސިޔާސީ

ގައުމު ވިއްކުން، އަސާސީ ޚިދުމަތް، ދެފުށް ކެހެރިކަން

(1) ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ކުރެވޭގޮތަށް ގާނޫނު އަސާސީއަށް ވަނީ ބަދަލު ގެނެސް ފާސްކޮށްފައެވެ. މަޖްލިސް އެކްސްޕްރެސް މެދުވެރިކޮށެވެ. އެއްބަޔަކަށް ހަމަ އޯކޭ އެވެ. އަނެއްބަޔަކަށް މިވަރުގެ ޚިޔާނާތެއް ބަޔަކު މިދައުލަތަކަށް ވީކަމަށް ނުވެއެވެ.

ފުވައްމުލަކު ރައްޔިތުން ފެނާއި ނަރުދަމާ ނިޒާމަށް ކުރާ އިންތިޒާރު

ސާފު ބޯފެނާއި ނަރުދަމާ ނިޒާމަކީ ފުވައްމުލަކަށް އެންމެ މުހިއްމު މަޝްރޫއު އެވެ. ރަށުގެ ފެން ނަޖިހުން ތައައްޔަރު ވެފައިވަނީ ނަޖިސް ނައްތާލާނެ ރަނގަޅު ނިޒާމެއް ނެތުމުގެ ސަބަބުންނެވެ. ފުވައްމުލަކު ރައްޔިތުން މިކަމަށް އިންތިޒާރު ކުރާތާ އެތަކެއް އަހަރު ވަނީ ވެފައެވެ. ކޮންމެ ސަރުކާރަކުންވެސް މިކަން ކޮށްދޭން ވައުދުވެއެވެ. ތިރީގައި މިވަނީ 2003 އިން ފެށިގެން މިއަދާ ހަމަޔަށް މިކަމާއި ގުޅިގެން އާއްމު ވެފައިވާ ބައެއް ޚަބަރު ތަކެވެ.

މިކަހަލަ ކެމްޕެއިން ކުރާބަޔަކަށް ކިހިނެތް ވޯޓުދޭނީ؟

ކެމްޕެއިންތަކުގައި އާންމުކޮށް މީހުން ވޯޓުހޯދަން ކުރާކަމަކީ ތިމަންނަމެން ހޮވިއްޖެނަމަ ކޮށްދޭނެ ކަންތައްތަކުގެ ވާހަކަ ރައްޔިތުންނަށް އަންގާދިނުމެވެ. މިއާހިލާފަށް ޑީއާރްޕީ/ޕީޕއެމްގެ ކެމްޕެއިންތަށް، ހާއްސަކޮށް އަތޮޅުތެރޭގައި ހިންގާ ކެމްޕެއިންތައް، އަމާޒުވެފައިވަނީ އެމްޑީޕީގެ ލާދީނީވާހަކަދެއްކުމުގައެވެ. ތިރީގައިމިވަނީ ކައުންސިލްއިންތިހާބުތެރޭ އެމީހުން ކެމްޕެއިންގަ ބޭނުންކުރި ލިޔުމެކެވެ. މިހާރުވެސް މިކަހަލަ ވާހަކަތަކެއް އެބަދައްކައެވެ. . ޖަމާއަތުލްމުސްލިމީން ކިޔާ ބަޔަކު ލައްވާ އިސްލާމީ މަރުކަޒު ގޮއްވާލުމަށްފަހު އެތަނުގައި ފައްޅިއެއް ގާއިމުކުރުމަށް އެމްޑީޕީއާއި އިނގިރޭސިބަޔަކާދެމެދު ބަދަލުކުރެވެނު ލިޔެކިޔުންތަކެއް ލީކުވިވާހަކައެވެ. އެހެންމިސްކިތެއްގޮއްވާލާވަހަކަ ބުނިނަމަވެސްގަބޫލުކުރަން… Read more »

ގުއަންޓާނަމޯބޭޖަލުން މުސްލިމުން މިނިވަންކުރުން – މުހިންމުކަމެއްނޫންބާ؟

މިދުވަސްކޮޅު ގުއަންޓާނަމޯބޭއިން ބަޔަކު ރާއްޖެ ގެނައުމުގެ މައްސަލަވަނީ ސިޔާސީ ފަރާތްތަކުން އެންމެ ހޫނުކޮށް ބަހުސްކުރެވޭ އެއްކަމަކަށް ވެފައެވެ. ނިކަމެތި މުސްލިމަކަށް އެހީވުމަކީ ކުރުން ރަގަޅުނޫންކަމެއްގޮތަށް ހަދަން ކުރަމުންދާ މަސައްކަތް ވަރަށްވެސް ފުޅާފެފައި ބޮޑެވެ.

އިގްތިސާދީ ހާލަތު، އައިއެމްއެފް އަދި އިޒްރޭލް

މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ގިނައިން ދެކެވޭ ވާހަކަތަކަކީ ރާއްޖެއަށް އައިސްގެންއުޅޭ އިގްތިސާދީ ހީނަރުކަމުގެ ވާހަކައާއި އައިއެމްއެފް އެހީގެ ވާހަކަ އަދި އިޒްރޭލާއި ސިޔާސީގުޅުން ބަދަހިކުރުމުގެ ވާހަކައެވެ.

ސިވިލް ސާވިސްގެ ސައިޒް ކުޑަކުރުން

މިހާރު އެންމެ ގިނައިން ދެކެވޭ އެއްވާހަކައަކީ ސިވިލްސާވިސްގެ ސައިޒް ކުޑަކުރުން ނުވަތަ އެސާވިސްގައި ހިމެނޭ މުވައްޒަފުން މަދުކުރުމުގެ ވާހަކައެވެ. އަދި އެމީހުންގެ އެލަވަންސްއާއި މުސާރަ ކުޑަކުރާވާހަކައެވެ. ސަރުކާރުން މިގޮތަށް މިކަން ކުރަނީ ރާއްޖޭގައި މިވަނީ އެކަށީގެންވާވަރަށްވުރެ ބޮޑު ސިވިލްސާވިސްއެއްކަމަށް ބުނަމުންނެވެ. އަދި ސަރުކާރުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުންނެވެ. މިކަންތައްގަޑު މިހާރުވަނީ ބޮޑު ސިޔާސީ ގޭމަކަށް ހަދާފައެވެ. މިކަމުގައި މުޅިގައުމަށް އެންމެ ފައިދާބޮޑު ގޮތަކީ ކޮބައިތޯ ބެލުމަކީ މުހިއްމު ކަމެކެވެ.

ރިސޯޓްތައް ކުއްޔަށްދޭ މުއްދަތު 50 އަހަރަށް އިތުރު ކުރުން

ޓޫރިސްޓް ރިސޯޓް ހެދުމަށް ދޫކުރާ ރަށްރަށާއި ބިންބިން ކުއްޔަށްދޭ މުއްދަތު 25 އަހަރުން 50 އަހަރަށް އިތުރުކުރުމަށް މިހާރުވަނީ މަޖްލިހަށް ބިލެއް ހުށަހަޅާފައެވެ. މިހާރު އަމަލުކުރެވޭ ގާނޫނުގެ ދަށުންކުއްޔަށްދެވޭ 25، 35 ނުވަތަ 50 އަހަރުގެ ބަދަލުގައި ތަފާތުކުރުމެއްނެތި ހުރިހާ ރިސޯޓްތަކަށް 50 އަހަރުގެ މުއްދަތެއް ދިނުމާއި ދޭތެރޭ ފުންކޮށް ވިސްނާލަން ޖެހެއެވެ. އަދި އެކަން އެގޮތަށް ހުށަހަޅާނަމަ އެއާއި އެއްކޮށް ކުރަންޖެހޭ އެހެން ކަންތައްތައްވެސް އެބަހުއްޓެވެ.