Tag Archives: ރަށިބަހެން

ވައިފިޅި ބަޑި

މީއަފުންގެ ބައްޕާ މަށަ ކޭދިން ވާހަކައެއް. ”އަފުން ކީލަކަރާށަ ބެހީންގޭކަލް ‘ދެރިޔާމާނު‘ (އައްޑޫ އަފީފުމެން ވެޑި) އޯތީ ކޮޗިންއެ. ހީވެނީ އޭ 1961 ހިސާބިހެން. އެމީހުން މާލެ ފުރަންނަ ވީކަލަހަ އޯތީ ސުވަލްދީބު ދެވަނަ ގަޑޮބަޑޮ (އާންމުކޮހޮ ކޭނގޮތެން ދެވަނަ ބަޢާވާއް) ފެށީފޭ. ދެން އެމީހުންނަ އަނގޮއާފިއްޔަ ތިމީހުން މާލެ ނިވަންނަހަކޭ، ވެނދެގޭފަހެނާ ހައްޔަރޮ ކެރަންނެނައެ.

ފުވައްމުލަކި ބަހަ – ފެލާވަޅޮ 1

ރަމިއީ ފުވައްމުލަކުބަސް ދަސްކުރަން ޝައުގުވެރިވާ ފަރާތްތަކަށް ކޮންމެވެސްވަރެއްގެ އެހީއެއް ފޯރުކޮށް ދެވޭތޯ ލިޔެވޭ ލިޔުންތަކެކެވެ. މިފިލާވަޅުގައި މިހިމަނާލަނީ އާންމުކޮށް ވާހަކަދައްކާއިރު ބޭނުން ކުރާ ބައެއް ވާހަކަތަކެވެ.

މަދިރި މަދޮކެރުމުގެ މަސައްކައް ވައިއެ ހިފުއަންނަ ޖެހީގެ

ރަށިވޭން ކޮންމިމީހަކުއަސް މަދިރަކުން ސަލާމައް ވެންނަ އަތައު ނުންފަހެނާ ފާއު ހޫރާނިލާ ދުވަހަށް މޮދޮވެނެންހެން މަށަ ހީވެނީ.. އެޅެއި އަލަކަނޑަނަ ހީށަސް، ގޭ ޖޯލިއެ ޖައްސާލާފޭއޮތަސް، ބަދިގެ ކައްކަންނަ ހީށަސް، ގެހައްދަށި އެސްޓީއަށް ޖައްސަންނަ ހީށަސް މިމަދިރާމެންގެ އުނދަގުލް އެވަރަހަ ފޯރާ… މަދިރާމެންގެ ސަބަބެން ޖެހޭ ހަމައެކަނިއުނދަގުލަކީ ވޭލާ ކެޑެކެޑެން އަތައު ނުންފަހެނާ ފާއު ހޫރަންނަ ޖެހުން އެކަނެކިއައްނުން …. އޭގޭން ޖެހޭ ބަލިތެކަކީ އެންމެންނާސް އެގޭ ބަލިތެކެއު…. މިހެން… Read more »